April 15, 2026
Advertisement
މެމްބަރުން ގެ ވީޑިޔޯ އަލް ޖަޒީރާ އިން ޕޯސްޓްކޮށްފައި
މެމްބަރުން ގެ ވީޑިޔޯ އަލް ޖަޒީރާ އިން ޕޯސްޓްކޮށްފައި / ތޭރަ އޮންލައިން

މެމްބަރުން މަޖިލީހުގައި ހިންގި މާރާމާރީ މުޅި ދުނިޔޭގެ ސަމާލުކަމަށް!

Aishath Naja
އައިޝަތު ނަޖާ
Jan 30, 2024, 08:54 PM
މާލެ ސިޓީ

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ގޮތެއް ނިންމުމަށް މިދިޔަ އާދިއްތަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ކުރީގެ އެމްޑީޕީ މެމްބަރުން ހިންގި މާރާމާރީ ދުނިޔޭގެ އެކި މީޑިއާތަކުގެ ސަމާލުކަމަށް އައިސްފިއެވެ.

Advertisement

ދުނިޔޭގެ މަޝްހޫރު ޓީވީ އަދި ނޫސް ވެބްސައިޓެއް ކަމުގައިވާ "އަލްޖަޒީރާ" އިން ވަނީ މި ހަބަރު ގެނެސްދީފައެވެ.

އަލްޖަޒީރާއިން ވަނީ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އުޅުއްވި "އަހްލާގީ ފެންވަރު ދަށް" ވީޑިއޯ ހިއްސާކޮށްފައެވެ.

އަދި މެމްބަރުން ހިންގި މާރާމާރިތަކުގެ ތެރޭގައި އެކަކު އަނެކަކުގެ އިސްތައްޓަށް ދެމުމާއި ދުންމާރި ބޭނުންކޮށްފައިވާ ކަމަށް ވެސް އަލްޖަޒީރާގެ ޚަބަރުގައިވަނީ ހާމަކޮށްފައެވެ.

މިމާރާމާރީއާއި ހެދި އެދުވަހުގެ ޖަލްސާ ކުރިއަށް ނުގެންދެވި، އެރޭ އަދި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ޖަލްސާ ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވައިފަވެއެވެ. ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން ދުންމާރި ބޭނުންކޮށްގެން އަޑުގަދަ ކުރަން ފެށުމުން ޖަލްސާ ކުރިއަކަށް ނުގެންދެވުނުކަންވެސް ފާހަގަކޮށްލެވެއެވެ.

އަދި މަޖިލިހުގެ ރައީސްގެ މޭޒުކޮޅު ކައިރީގައި ހަރުކޮށްފައި ހުންނަ މައިކް ނަގައިގެން ގެންދިއުމުން ޖަލްސާގެ އަޑު ވެސް ލިބޭ ގޮތެއް ނުވިއެވެ.

ނަމަވެސް މަޖިލިހުގެ ޖަލްސާއެއް ހޯމަ ދުވަހު ބާއްވައި، 19 ވަޒީރަކަށް ރުހުން ދީފައި ތިން ވަޒީރަކަށް ރުހުން ދީފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved