May 27, 2026
Advertisement
ގެއެއްގެ ހަވަނަ ފްލޯއިން ދޮރެއްގެ ބިއްލޫރިގަނޑު ވެއްޓި މީހަކު ޒަހަމުވެއްޖެ
ގެއެއްގެ ހަވަނަ ފްލޯއިން ދޮރެއްގެ ބިއްލޫރިގަނޑު ވެއްޓި މީހަކު ޒަހަމުވެއްޖެ / މާލެ ސިޓީ ކައުންސިލް

ގެއެއްގެ ހަވަނަ ފްލޯއިން ދޮރެއްގެ ބިއްލޫރިގަނޑު ވެއްޓި މީހަކު ޒަހަމުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Sep 19, 2024, 03:29 AM
މާލެ ސިޓީ

މާލެ ސިޓީގައި ގެއެއްގެ ހަވަނަ ފްލޯއިން ދޮރެއްގެ ބިއްލޫރިގަނޑު ވެއްޓި މީހަކު ޒަހަމުވެއްޖެއެވެ.

Advertisement

ފުލުހުން ބުނީ މާފަންނު ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ ހަވަނަ ފްލޯ ގެ ދޮރެއްގެ ބިއްލޫރިގަނޑެއް މަގުމައްޗަަށް ވެއްޓިފައިވާ ކަމަަށެވެ.

މި ހާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެން ދިޔަ ވަގުތު އެ ސައިކަލްގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސް އެމީހާ އަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ ސައިކަލަކީ އެ ވަގުތު އެ ތަނުގައި ޕާކް ކުރަން އުޅުނު ސައިކަލެކެވެ.

އެމީހާ އަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved