March 20, 2026
Advertisement
ޕޮލިސް
ޕޮލިސް / ސޯޝަލް މީޑިއާ

ކުޅުދުއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ވަޅުލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 20, 2024, 09:46 PM
މާލެ ސިޓީ

ކުޅުދުއްފުށީ ފަޅު ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ހަށިގަނޑު މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ ގެނެސް ވަޅުލައިފިއެވެ.

Advertisement

ފަޅުތެރޭ މަރުވެފައި އޮއްވާ ފެނިފައި ވަނީ ކުޅުދުއްފުށި ޑެއިޒީފެހި، އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން އެވެ. އެއީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އެ މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތަކެއް ފެންނަން ނެތް ކަމަށްވެއެވެ. އޭނާ ނިޔާވީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެވިފައިވާ ކަމަށެވެ. އޭނާގެ ޕޯސްޓު މޯޓަމް ހަދަން ފޮނުވީ އިންޑިއާއަށެވެ.

ނިޔާވެފައި އޮއްވާ ފެނުނީ އެރަށު ޑޭޒީފެހިގެ މުހައްމަދު ހަސަނެވެ. އޭނާގެ ޖަނާޒާ އޮތީ މިއަދު އަސްރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved