April 7, 2026
Advertisement
މެމްބަރު ޝުޖާއު ރައީސް މުއިއްޒު އަރިހުގައި
މެމްބަރު ޝުޖާއު ރައީސް މުއިއްޒު އަރިހުގައި / ސީއެންއެމް

މެމްބަރު ޝުޖާއު އަގު ބޮޑު ބިމެއް ގަނެފި!

Aishath Naja
އައިޝަތު ނަޖާ
Sep 20, 2024, 10:36 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު، 9.4 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބޮޑު ބިމެއް ގަނެފި އެވެ.

Advertisement

އެޗްޑީސީ އިން އެ ބިން ޝުޖާއު އަށް ވިއްކައި އޭނާގެ މައްޗަށް ބިމުގެ މިލްކުވެރިކަން ބަދަލުކުރުމަށް ސިވިލް ކޯޓުން ނިންމީ އިއްޔެ އެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން ޝުޖާއު ގަތީ ހުޅުމާލޭގެ ލޮޓު ނަމްބަރު 20339 އެވެ. އެ ބިމުގެ ބޮޑުމިނަކީ 2،197 އަކަފޫޓެވެ.

އެ ބިން ގަތުމަށް ޖީއެސްޓީ ހިމެނޭހެން ޝުޖާއު ވަނީ އެޗްޑީސީއަށް ޖުމްލަ 9،488،318.40ރ. ދައްކައިފަ އެވެ.

ދާދިފަހުން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވެސް ވަނީ ތިން މިލިއަން ރުފިޔާއަށް ހުޅުމާލެއިން ފްލެޓެއް ގަނެފަ އެވެ. މީސްމީޑިޔާއަށް އެ ވާހަކަ ތިލަވުމާއެކު، އެ ފްލެޓު ބައްލަވައިގަތީ ބީއެމްއެލްއިން ލޯނެއް ނަގައިގެން މީގެ ފަސް އަހަރު ކުރިން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved