ފަލަސްތީނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެ ގައުމުގެ މިނިވަންކަމަށް ގޮވާލާ ޔޫތް ފޯރ ޔުނިޓީގެ ނަމުގައި ބާއްވަމުން އަންނަ ސިލްސިލާ އެއްވުމެއް ރޭ ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަމީނީ މަގު ޕިއްޒާ ހަޓް ކުރިމަތީ ކޮންމެ ހުކުރު ދުވަހު މި ޖަމްއިއްޔާއިން ކުރިއަށް ގެންދާ މި ހަރަކާތުގައި ސަހްޔޫނީންގެ ޕާސްޕޯޓް މަނާ ކުރުމަށާއި އެ ގައުމަށް ވާގިވެރިވާ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް އަންނަނީ ގޮވާލަމުންނެވެ.
ރޭގެ އެއްވުމުގައިވެސް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާކަމަށް ފާހަގަކުރެވިފައިވެއެވެ.
ސަރުކާރުން އަންނަނީ މިފަދައިން ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުންދާ ފަރާތްތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާ، އެއްވުންތަކަށް ފުލުހުންގެ ބާރު ބޭނުންކޮށްގެން ހުއްޓުވަމުންކަން ފާހަގަވެއެވެ.