May 27, 2026
Advertisement
އުޅަނދުތައް ޓޯ ކުރަނީ
އުޅަނދުތައް ޓޯ ކުރަނީ / މާލެ ސިޓީ ކައުންސިލް

ބޭނުން ނުކުރާ 224 އުޅަނދު ފުލުހުން ޓޯކޮށްފި

Aminath Zara
އައިމިނަތު ޒާރާ
Sep 22, 2024, 08:27 PM
މާލެ ސިޓީ

މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ 224 ސައިކަލު ޓޯކޮށްފި އެވެ.

Advertisement

މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ލޯކަލް ގަވަމެންޓް މިނިސްޓްރީން ގުޅިގެން ފެށި ހަރަކާތުގައި މި އުޅަނދުތައް ޓޯކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މާލޭ މަގުތަކުގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ނަގަނީ މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިގޮތަށް ނަގާ ވެހިކަލްތަކާ ހަވާލުވުމަށް އޮންނަ މުއްދަތުގައި ހަވާލު ނުވެއްޖެނަމަ ނައްތާލުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

މިއަހަރު ކުރީކޮޅުވެސް މާލެ ސިޓީ ކައުންސިލުން ވަނީ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން މާލޭގެ މަގުތަކުގައި ހުރި ދުވަސްވީ އުޅަނދުތައް ނަގާ ނައްތާލުމުގެ މަސައްކަތްކޮށްފަ އެވެ. އެފަހަރު ވަނީ ހަތަރު ފުރިޅުލީ އުޅަނދުތަކެއްވެސް ނަގާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved