March 18, 2026
Advertisement
ކަނޑުގަދަ ވެފައި ވަނިކޮށް ކަނޑުދަތުރަށް ނިކުމެ އުޅުނު އުޅަނދެއް
ކަނޑުގަދަ ވެފައި ވަނިކޮށް ކަނޑުދަތުރަށް ނިކުމެ އުޅުނު އުޅަނދެއް / ސޯޝަލް މީޑިއާ

މިރޭ ކަނޑުތައް ގަދަ, ސަމާލުވޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 23, 2024, 05:03 AM

އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް މިރޭ ކަނޑު ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

Advertisement

ރާއްޖޭގެ މޫސުން މާދަމާ ހެނދުނު 06:00 ގެ ނިޔަލަށް ލަފާކޮށް މެޓު އޮފީހުން ބުނެފައިވަނީ، އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8-18 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13-20 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ވަނީ އަންގާފައެވެ.

ރާޅުގެ އުސްމިނާ ގުޅޭގޮތުން މެޓުން ހާމަކޮށްފައިވަނީ، 4-7 ފޫޓާ ދެމެދުގައި ހުންނާނެކަމަށާ އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved