ދިވެހިރާއްޖެއަށް ފަތުރުވެރިން މިހާރު އަންނަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ފައިސަލްއާ އިނގިރޭސި ބަހުން ވާހަކަދައްކާލަން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ފަހުރުވެރިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން އިތުރުވާކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ފްރާންސްގެ ޕެރިސްއަށް ގިނަ ފަތުރުވެރިންދާ އެއް ސަބަބަކީ އެތާ ހުންނަ އައިފީލް ޓަވަރ ބަލާލަން ކަމަށް ވިޔަސް ރާއްޖެއަށް ފަތުރުވެރިން އަންނަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރާ އިނގިރޭސި ބަހުން ވާހަކަދެއްކުމަށް ކަމަށެވެ.
އަޅުގަނޑުމެން ފަހުރުވެރިވާ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް ޓޫރިސްޓުން އެބަ އިތުރުވޭ. ދެން މިއީ ސަމާސާއެއް އިނގޭތޯ. ފަރަންސޭސި ވިލާތައް، ފްރާންސަށް ގިނަ ޓޫރިސްޓުން ދަނީ، ދާ އެއް ސަބަބަކަށް މިވަނީ އެތާ އައިފީލް ޓަވަރ ބަލާލަން. ވަން އޮފް ދި ވޯލްޑްސް ވޮންޑާރސް، ދިވެހިރާއްޖެއަށް ޓޫރިސްޓުން ގިނަވަނީ މިތާ ޓޫރިޒަމް މިނިސްޓަރާ ވާހަކަދައްކާލަން ބޭނުންވާތީ. އަދި އިނގިރޭސި ބަހުން ވާހަކަދައްކާލަން ބޭނުންވާތި އިނގޭތޯ.
ސަމާސާ ކުރައްވާ ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު ފައިސަލް ބޭރުގެ ގައުމުތަކަށް ވަޑައިގެން ރާއްޖެ ތަމްސީލުކުރައްވާ "ބްރޯކަން" އިންގްލިޝް އިން ވާހަކަދައްކަވަމުން ގެންދާތީ މީސްމީޑިޔާގައި ގިނަ ބަޔަކު ވަނީ ފައިސަލްގެ ސްޕީކިން ރަނގަޅު ކުރުމަށް ގޮވާލާފައެވެ.
ރާއްޖެއަށް ފަތުރުވެރިން އަންނާތީ އެކަމަކީ އެމަނިކުފާނު ފަހުރުވެރިވާ ކަމެއްގެ ގޮތުގައި ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނީ ރައިސް ޑރ މުހައްމަދު މުއިއްޒު ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމްސިންއާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކެއް ރަނިލް ދާދި ފަހުން އިންޓަވިޔުއެއްގައި ހާމަކުރެއްވުމުންނެވެ.