April 4, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި
ރައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި / ތޭރަ އޮންލައިން

އަލިފްލައިލާ ވާހަކައަށް ވުރެ ގިނަ ވާހަކަ ހުރި ވައުދު ފޮތެއް މުއިއްޒު ނެރުނު: ރައީސް ޔާމީން

Aminath Zara
އައިމިނަތު ޒާރާ
Sep 24, 2024, 04:18 AM
މާލެ ސިޓީ

2023 ވަނަ އަހަރު ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ދޮގު ހަދާ، އޮޅުވާލައިފައިވާ ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމް ސިންއާ އަރިހުގައި ވިދާޅުވެފައިވާ ކަމަށް ހާމަވެފައިވުމުން ރައީސް ޔާމީނުގެ ފާޑުކިޔުން މުއިއްޒަށް އަމާޒުވެއްޖެއެވެ.

Advertisement

މިގޮތުން، މި ވާހަކަތަކަކީ މުޅި ދުނިޔެއަށް ހާމަވެގެންދާނެ ވާހަކަތަކެއް ކަމަށާއި މިފަދަ ކަންކަމުން ވެއްޓިގެން ދާނީ ދިވެހިންގެ އަގު ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މިއާއި އެކު އިންޑިއާ އިން ވެސް ރާއްޖެއާއި ދެކޮޅަށް ސްޓޭންޑް ނަގާނެ ކަމަށާއި މުއިއްޒަކީ ދޮގުވެރިއެއްކަން އެމީހުންނަށްވެސް ހާމަވެގެންދާނެ ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ވެރިކަމަށް އައުމުގެ ކުރިން އޮޅުވާލައިގެން އިންޑިއާ އައުޓް ކެމްޕޭންގެ މާނަ މުޅިން ބަދަލުކޮށް ވޯޓު ހޯދައިގެން ވެރިކަން ލިބުމުން އިންޑިއާ ސަރުކާރަށް ނަންގަންނަނީ މުޅިން އެހެން ވާހަކައެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނަށް މުއިއްޒުގެ އަސްލު ސިފަ މިހާރު ފެނިއްޖެ ކަމަށާއި އިތުރަށް މުއިއްޒު ދައްކާ ވާހަކައެއް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ޔާމީންގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.

ސިލޯނުގެ ރައީސް ކައިރީ ވެސް މުއިއްޒު ހެއްދެވީ ދޮގު. އަލިފްލައިލާ ވާހަކައަށް ވުރެ ގިނަ ވާހަކަ ހުރި ވައުދުތައް ފޮތެއް މީނަ ނެރުނު. ކިތާބުލް ބުހުތާން މީގަ މިހިރަ ވާހަކަތަކުގެ ތެރޭގައި ރައްޔިތުން ކޯއްޗެއްތޯ ގަބޫލު ކުރަންވީ.

ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved