March 27, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ރައްދެއް ޝުޖާއަށް: އދ އަށް ނުދިޔައީ ކަންނެތް ވެގެންނެއް ނޫން, ނުދެވުނީ ހައްޖުގެ އަޅުކަން އިސްކުރަންވެގެން

Aishath Naja
އައިޝަތު ނަޖާ
Sep 24, 2024, 08:11 PM
މާލެ ސިޓީ

އދ އަށް ވަޑައިނުގަތީ ކަންނެތްކަމުން ކަމަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ އދ. ގައި ތަގުރީރު ކުރައްވަން ފުރުސަތު ލިބިވަޑައިގަތް ދުވަސްވަރަކީ ހައްޖުގެ އަޅުކަން އޮތް ދުވަސްވަރު ކަމަށެވެ. އެގޮތުން އެމަނިކުފާނު އިސްކުރެއްވީ ހައްޖުގެ އަޅުކަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ހައްޖުގެ އަޅުކަމަށްފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތްތަނާ ދަތުރުފުޅުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ ކަމަށެވެ. އަދި އޭގެފަހުން ބައެއް ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ބަޣާވާތްތަކެއް ކުރަމުން ދިޔަ ކަމަށާއި ދެން ޖެހިވަޑައިގަތީ ގައުމު ހަމަމަގަށް އަޅުވަން ކަމަށެވެ. އެހެންކަމުން އޭގެފަހުން އދ. އަށް ވަޑައިގަތުމުގެ ބަދަލުގައި އެމަނިކުފާނަށް މުހިންމުވީ ގައުމު ހަމަމަގަށް އަޅުވަން މަސައްކަތް ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންވީމަ ރާއްޖެ ހަމަމަގަށް އެޅުވުން އަޅުގަނޑަށް މުހިންމު އދ.އަށް ގޮސް އަޅުގަނޑުގެ އަމިއްލަ އަޑުން މައިކުން ވާހަކަދެއްކުމަށް ވުރެ

ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެއިތުރުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ވެރިކަން ހިންގަން ދަތިވާ ޒާތުގެ އެއްވެސް ކަމެއް ރައީސް މުއިއްޒަށް އަދި ކުރިމަތިވެވަޑައިގެންފައިނުވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް އދ. ގައި ތަގުރީރު ކުރެއްވުމަށް ދައްޗެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved