ސިޔާސީ ޕާޓީތަކުން ވަކިވާން މިހާރު ހުށަހަޅަން ޖެހޭ ފޯމުގެ ބަދަލުގައި އޮންލައިން ޕޯޓަލް މެދުވެރިިކޮށް ވެސް އެކަން ކުރިއަށް ގެންދެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބަދަލުކޮށްފި އެވެ.
އީސީން އިއްޔެ ގެޒެޓް ކުރި އިސްލާހުގައި އޮތީ އެ ކޮމިޝަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން އެ މަރުހަލާ ފުރިހަމަކުރެވޭނެ ކަމަށެވެ.
ކޮމިޝަނުން ކަނޑައަޅާ ނިޒާމަކަށް މުސްތަގުބަލުގައި ވާނީ އޮންލައިން ޕޯޓަލް އެއްކަމަށް އީސީން ވަނީ މައުލޫމާތު ދީފާއެވެ. ގަވާއިދު ބަދަލުކުރީ ޕާޓީތަކުން ވަކިވުމުގެ މަރުހަލާ އޮންލައިން ކުރަން މަގުފަހިކުރުމަށް ޓަކަ އެވެ.
މީހަކު ދަފުތަރުކޮށްފައި އޮތް ޕާޓީއަކުން އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ ކުރިން އޮތް ޕާޓީއަށް ބަދަލުވާން ފޯމެއް ހުށަހަޅަން އޮތް އޮތުން ވެސް އާ އިސްލާހުގައި އޮތީ އީސީން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން (އޮންލައިންކޮށް) ކުރެވޭ ކަމަކަށް ބަދަލުކޮށްފަ އެވެ.