ހުޅުމާލޭން ގެއްލިގެން ހޯދަމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ސާއިފް ފެނިފައިވަނީ މާލޭއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މީގެ ކުރިން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އޭނާ އެންމެ ފަހުން ފެނުނީ ރޭ 9:00 ޖެހިއިރު ހުޅުމާލެ ފޭސް ތިނަކުން ކަމަށާއި އޭރު ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ސާއިފު ފެނިފައިވަނީ ކޮންތަނަކުން ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. އަދި މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން އާންމުކޮށްފައި ނުވެއެވެ.