March 21, 2026
Advertisement
އުސްތާޒް އަހުމަދު ތާލިބް
އުސްތާޒް އަހުމަދު ތާލިބް / ސަން އޮންލައިން

ގިނަ ރައްޔިތުން ވޯޓު ލެއްވީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި: ތާލިބް

Fathmath Reem
ފާތުމަތު ރީމް
Jan 31, 2024, 03:08 PM
މާލެ ސިޓީ

ދިވެހި ރާއްޖޭގެ ގިނަ ރައްޔިތުން ވޯޓު ލެއްވީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް ( ޕީއެންއެފް ) އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ އުސްތާޒް އަހުމަދު ތާލިބް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޗެނަލް 13 އިން ގެނަސްދޭ ޕީއެންއެފް ގެ އަދާހަމަ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުންނެވެ.

ތާލިބް ވިދާޅުވީ ގިނަ ރައްޔިތުން ވޯޓު ލެއްވީ ރައީސް ޔާމީން ގެ ސިޔާސީ ހަރަކާތް ސިޔާސީ މައިދައިނުން ފެނި އެމަނިކުފާނު މިނިވަން ވުމައްޓަކައި ކަމަށެވެ.

ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ވޯޓު ލައްވާނެ ރައީސް ޔާމީން މިނިވަން ވުމައްޓަކައި. އެބޭފުޅާގެ ސިޔާސީ މައިދާނުގަ އެބޭފުޅާގެ ސިޔާސީ ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި މިނިވަންވުމަށް އިނގެތޯ

އުސްތާޒް ތާލިބް

މީގެ އިތުރުން ތާލިބް ވިދާޅުވީ ރައްޔިތުން ޑރ މުއިއްޒުއަށް މުޅި މިދައުލެއް ހަވާލުކުރީ ރައީސް ޔާމީން މިނިވަން ވާނެ ކަމުގެ އިތުބާރާ އެކު ކަމަށެވެ.

މި ސަރުކާރުން ރައީސް ޔާމީން މިނިވަން ކުރަން ޖެހޭނެ ކަމަށް ވެސް ތާލިިބް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved