February 26, 2026
Advertisement
ކުރީގެ ސީޕީ ހުސައިން ވަހީދު
ކުރީގެ ސީޕީ ހުސައިން ވަހީދު / ތޭރަ އޮންލައިން

ފަލަސްތީނޭ ކިޔައިގެން ވާހަކަ ދައްކާއިރު، ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމުގެ ބިލު އަދިވެސް ފާސްނުކުރޭ: ހުސައިން

Aminath Zara
އައިމިނަތު ޒާރާ
Sep 27, 2024, 04:15 AM
މާލެ ސިޓީ

އދ ގެ 79 އަހަރީ ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒު ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމުގެ ވާހަކަ ދައްކަވާއިރު، ސަހްޔޫނީންގެ ޕާސްޕޯޓް މަނާ ކުރުމުގެ ބިލު އަދިވެސް އޮތީ އޮތް ތަނުގައި ކަމަށް ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ސީޕީ ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ހުސައިން މިހެން ވިދާޅުވީ ޕީއެންެއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ހުސައިން ވަނީ މި މައްސަލައިގައި ރައީސް މުއިއްޒުއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ހުސައިން އިތުރަށް ވިދާޅުވީ ބޮޑެތި މަހާސިންތާތަކުގައި ފަލަސްތީނުގައި ސަހްޔޫނީން ހިންގަނީ ގަތުލް އާންމެއް ކަމަށް ބުނެ ރައީސް މުއިއްޒު ތަގްރީރުކުރައްވާއިރު، ސަހްޔޫނީން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި އެމީހުންގެ ޕާސްޕޯޓް މަނާނުކޮށް އޮންނަތާ މިހާރު 108 ދުވަސް ވަނީ ވެފައެވެ.

މީގެ އިތުރުން، ސަހްޔޫނީންގެ ޕާސްޕޯޓް މަނާކުރުމަށް މަޝްވަރާތައް ކުރެވުނު ދުވަހުން ފެށިގެން މިހާތަނަށް 313 ސަހްޔޫނީންގެ ފަތުރުވެރިން ވަނީ ދިވެހިރާއްޖެ އަށް އެތެރެވެފައެވެ.

މަޖިލިސް އޮތީ ޗުއްޓީގައި ކަމަށް ބުނެ ޕާސްޕޯޓް މަނާ ނުކުރަން އެތައް އުޒުރެއް ދައްކަވާއިރު، ފަލަސްތީނޭ ކިޔައިގެން ބޮޑެތި މަހާސިންތާ ތަކުގައި ޕަބްލިކް ސްޓަންޓް ޖެއްސެވުމަށް މުއިއްޒު މަސައްކަތް ކުރައްވާ ކަމަށް ހުސައިން ވަނީ ސިފަކޮށްފައެވެ.

ފަލަސްތިނޭ ކިޔައިގެން ވާހަކަ ދައްކާއިރު، އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލު އަދިވެސް އެ އޮންނެވީ އޮތް ތަނުގައި.

ހުސައިން ވިދާޅުވިއެވެ.
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved