February 26, 2026
Advertisement
ކުރީގެ ސީޕީ ހުސެއިން، ޕީއެންއެފް ޖަލްސާގައި
ކުރީގެ ސީޕީ ހުސެއިން، ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ރައްޔިތުންނަށް ފައިދާ ކުރުވަނިވި އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް: ހުސައިން

Aminath Zara
އައިމިނަތު ޒާރާ
Sep 27, 2024, 04:16 AM
މާލެ ސިޓީ

ދިވެހިންގެ ރާއްޖެއެއް ހޯދައިދޭން ވެރިކަމަށް އައި ދިވެހީންގެ ސަރުކާރުން ރައްޔިތުންނަށް ހެޔޮވާނެ އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

މިގޮތުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުމަށް ހުއްދަ ދީފައިވާ ކަމަށް ބުނެ، "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން ދިވެހިންނަށް އޮޅުވާލާ ވެރިކަން ލިބުމުން އޭރު ދެއްކެވި އެއްވެސް ވާހަކައެއް ހައްލުކުރުމަށް ނުވަތަ ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަން ހުސައިން ފާހަގަކުރެއްވިއެވެ.

މިގޮތުން، އަދިވެސް އިންޑިއާ ސިފައިން އަދިވެސް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ފާހަގަކޮށް އިންޑިއާ ސިފައިން ބޭލުމާއި ރާއްޖޭގެ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަކީ މިއަދު މި ސަރުކާރުގެ ޒިންމާއެއް ކަމުގައި ވާއިރު މިފަދަ އެއްވެސް ކަމެއް ކުރުއްވަން އުޅޭ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް ހުސައިން ވިދާޅުވިއެވެ.

ގޮތް ނޭގޭ އެއްބަސްވުންތައް ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށާއި، ދުނިޔޭގެ ބޮޑެތި މަހާސިންތާ ތަކުގައި ޑްރޯން އަދި ސެޓަލައިޓް ބޭނުންކޮށްގެން މަސައްކަތް ކުރައްވާ ކަމަށް ބުނެ ބޮޑެތި ދޮގު ހައްދަވަމުން މުއިއްޒު ގެންދަވާ ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

މުއިއްޒުގެ ބަހާއި އަމަލާއި ދިމާނުވާ ކަަމަށް ބުނެ ހުސައިން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved