February 26, 2026
Advertisement
ރަނިލް އާ މުއިއްޒުގެ ބައްދަލުކުރެއްވުމުގެ ތެރެއިން
ރަނިލް އާ މުއިއްޒުގެ ބައްދަލުކުރެއްވުމުގެ ތެރެއިން / ރައީސް އޮފިސް

ދިވެހިންނަށް އޮޅުވާލާފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި: ރަނިލް

Mariyam Isaadha
މަރިޔަމް އިސާދާ
Sep 27, 2024, 07:48 PM
މާލެ ސިޓީ

ދިވެހި ރައްޔިތުންނަށް އޮޅުވާލާފާނެ ކަމަށް ރައީސް މުހައްމަދު ވިދާޅުވި ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް އަނިލް ވިކްރަމަ ސިންހާ ހާމަކުރައްވައިފިއެވެ.

Advertisement

ރަނިލް މިފަދައިން ހާމަކުރެއްވީ އެގައުމުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި މީޑިޔާއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެގޮތުން ރަނިލްއާ ސުވާލުކުރަމުން ނޫސްވެރިޔާ ވަނީ ރައީސް މުއިއްޒު ވެރިކަމަށް އައީ އެންޓި އިންޑިއާ ކެމްޕެއިންތަކެއް ޖައްސައިގެން ކަމަށާ އޭގެ ފަހުން ރަނިލު ރައީސް މުއިއްޒަށް، އިންޑިއާގެ ކަންކަން މަޑު މަޑުން ކުރިއަށް ގެންދެވުމަށް ނަސޭހަތް ދެއްވިކަން ފާހަގަކުރައްވާ މިހާރު ރައީސް މުއިއްޒުގެ އަމަލުފުޅުތައް ބައްޓަން ކުރައްވާ ގޮތާ މެދު ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރަނިލް ވިދާޅުވީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހުވާކުރެއްވުމަށް ރަސްމިއްޔާތަށް އޭނާ ވަޑައިގެންނެވި ކަމަށާ އެ ދަތުރުގެ ތެރެއިން ފެނިގެން ދިޔައީ ރައީސް މުއިއްޒާ މޯދީގެ ގުޅުން ވަރަށް ރަގަޅު ކަމަށް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ރަނިލް ރައީސް މުއިއްޒުއާ ވާހަކަ ދެއްކެވުމުން، ރައީސް މުއިއްޒު ވަނީ އެމަނިކުފާނު، ރިޔާސީ އިންތިހާބުގެ ތެރޭގައި މަޖްބޫރުވެގެން ރައްޔިތުންނަށް ވައުދުތަކެއްވީ ނަމަވެސް އެ ހުރިހާ ވައުދެއް ނުފުއްދޭނެކަމަށް އެއްބަސްވެވަޑައިގެންފައި ކަމަށެވެ. އެގޮތުން "އިންޑިއާ އައުޓު" ކެމްޕެއިނަކީ އެފަދަ ކަމެއްކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ރަނިލް ވިދާޅުވެފައިވެއެވެ.

ރަނިލް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އިންޑިއާ އަސްކަރިއްޔާ ބޭލުމުގެ ބަދަލުގައި އެމީހުންގެ ޔުނިފޯމު ކުލަ ހެދުމަށް ބަދަލުކޮށް އިންޑިއާ ސިފައިން ބާލައިފިކަމަށް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved