theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންސީ މައި ޖަގަހަ ހުޅުވުމުގެ ތެރެއިން / ސޯޝަލް މީޑިއާ
ހަބަރު
ޕީއެންސީ ސަރުކާރުގެ އިސް ސަފުގައި ތިބީ ނަޒާހަތްތެރިކަން ނެތް ބައެއް: ޕާޕާ
Mariyam Isaadha
މަރިޔަމް އިސާދާ
26 ޑިސެމްބަރު 2025
މާލެ ސިޓީ

ޕީއެންސީ ސަރުކާރުގެ އިސް ސަފުގައި ތިބީ ނަޒާހަތްތެރިކަން ނެތް ބައެއް ކަމަށް ޕީއެންއެފްގެ ސެނެޓަރ ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒު (ޕާޕާ) ވިދާޅުވެއްޖެއެވެ.

ޕާޕާ މިފަދައިން ވިދާޅުވި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޕާޕާ ވިދާޅުވީ، ގައުމު ގައުމެއްގެ ގޮތުގައި ނުވަތަ މުޖުތަމައެއްގެ ގޮތުގައި ކުރިއަށް ދާން މަސައްކަތްކުރާއިރު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގައުމަށާ މުޖުތަމައަށް އިސްކޮށްފައި ހުންނަ ވެރިމީހާގެ ނަޒާހަތްތެރިކަމަކީ މުހިއްމު ކަމެއް ކަމަށެވެ. ނަޒާޙާތްތެރި ކަމަކީ އާންމު ބައެއް ނަމަވެސް އެއީ މާނަ ފުން، މުސްތަގުބަލާ ގުޅުން ހުރި މުހިއްމު ބަހެއްކަން ފާހަގަކުރަައްވާ ޕާޕާ ވަނީ ރަދީފު ގައި އެ ބަހުގެ މާނަ އޮތް ގޮތެވެ. މަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިކަމާ އަމާނާތްތެރިކަމުގައި ސާބިތުވެ ސުލޫކާ އަހުލާގު ހުރުން ނަޒާހާތްތެރިކަމުގެ މާނަ ރަދީފުގައި އޮތްއިރު އެ މިއަދުގެ މި ސަރުޚާރުގެ ތިބީ ރަދީފުގައި ނަޒާހާތްތެރިކަމުގެ މާނަ އޮތް ގޮތާ އެއް ގޮތަށް ކަން ކުރާ ބައެއް ނޫން ފެންނަ މަންޒަރުތަކުން ދޭހަވާ ކަމަށް ޕާޕާ ވިދާޅުވިއެވެ.

އެގޮތުން ޕާޕާ ވަނީ ހޯމް މިނިސްޓަރާ އެޓާނީ ޖެނެރަލްއާ އަދި ފިނޭންސް މިނިސްޓަރުގެ އަމަލުތަކަށް އިޝާރާތްކުރައްވާފައެވެ. ޕާޕާ ވިދާޅުވީ އެ ބޭބޭފުޅުން ކަންކުރައްވަމުން ގެންދަވާ ގޮތުން އެ ބޭފުޅުންނާ މެދު ކުރާނެ އުއްމީދެއް ނެތް ކަމަށާ ގައުމުގެ ކަންކަން ދަނީ ބޮޑު ސޯބު އެނބުރޭ ގޮތަށް ކުޑަ ސޯބުތައް ވެސް އެނބުރެމުން ކަމަށެވެ. އެއީ ރައީސް މުހައްމަދު މުއިއްޒުގެވެސް ނަޒާހާތްތެރިކަން ނެތުމުން ދަށުން މަސައްކަތްކުރަން ތިބި މީހުންވެސް އެ މަގުން ދަތުރުކުރަނީ ކަމަށްވެސް ޕާޕާ ވިދާޅުވިއެވެ.

ޕާޕާ ވިދާޅުވީ ޕީއެންސީގެ އިސް ސަފުގަވެސް ތިބި ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ މީހުން ކަމަށާ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު އާ މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމް މެން ފަދަ ބޭބޭފުޅުންގެ ފަތިފުށް އޮތީ ކިލަނބުކޮށް ކަމަށްވެސް ޕާޕާ ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved