February 26, 2026
Advertisement
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު / ރައްޔިތުންގެ މަޖިލިސް

މަސްވެރިން ބިކަވެއްޖެކަމަށް މެމްބަރު ޝަމްހީދު ވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Sep 29, 2024, 01:44 PM
މާލެ ސިޓީ

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ސަރުކާރުން ނުދިނުމުގެ ސަބަބުން މަސްވެރިންގެ އާއިލާތައް ބިކަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

Advertisement

ޝަމްހީދު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގއ. ދެއްވަދޫއަށް ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އެ ރަށުން ބޭރުކޮށްލި ހަބަރު ހިއްސާކުރައްވާ ޝަމްހީދު ވިދާޅުވީ ސަރުކާރެއްގެ ހަމައެކަނި ޒިންމާއަކީ ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންނަށް މުސާރަ ދިނުން އެކަނި ކަމުގައި ދެކިގެންނުވާނެ ކަމަށެވެ.

މަސްވެރިނާއި އަދި އެހެނިހެން އިންޑަސްޓްރީތަކުގައި މަސައްކަތް ކުރާ އާއިލާތަކަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެ އާއިލާތަށް ވަނީ ބިކަވެފައިކަމަށާއި ކެތްތެރިކަން ކޮޅުން ލާންފެށީމަ ފެންނާނެ މަންޒަރުތަކުގެ ކުޑަމިންވަރެއް ފެނިގެން އެ ދިޔައީ ދެއްވަދޫއިން ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު މިފަދައިން ވިދާޅުވެފައިވާއިރު ފިނި ކުރާ އާރްއޯ ޕްލާންޓާ ގުޅޭ މައުލޫމާތު ދޭން ދިޔަ ފިޝަރީޒް މިނިސްޓްރީގެ ވަފްދު ވަނީ ދާންދޫގެ މަސްވެރިން ވެސް މުޒާހަރާކޮށް ބޭރުކޮށްލާފައެވެ.

މި ސަރުކާރުން ވެރިކަމަށް އައީ މަސްވެރިން މަސްކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދޭނެކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ފެނިގެންްދަނީ މަސްވެރި އާއިލާތައް ބިކަކޮށް ވައުދު ނުފުއްދާ މަންޒަރެވެ. މަސްވެރިންނަށް ފައިސާ ނުދިނުމުގެ ސަބަބުން މަސްވެރިން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved