އެއްވުމުގެ ތެރެއިން / ސޯޝަލް މީޑިއާ
ހަބަރު
ބޮއިކޮޓް ހަޅުތާލުތައް ކުރިއަށް!
Aminath Zara
އައިމިނަތު ޒާރާ
29 ސެޕްޓެމްބަރު 2024
މާލެ ސިޓީ

ސަހްޔޫނީންނަށް ވާގިވެރިވާ ވިޔަފާރިތަކާއި އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ދިވެހި ޒުވާނުން އަނެއްކާވެސް ހަޅުތާލުކޮށްފިއެވެ.

ސަހްޔޫނީން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ރާއްޖޭގެ ރައްޔިތުން ދަނީ އަބަދުވެސް އަޑު އުފުލާ، ވެވެން އޮތް ގޮތްތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޔޫތް ފޯ ޔުނިޓީ ނަމުގައި ހިންގަމުން އަންނަ ޖަމްެއިއްޔާއަކުން ހިންގަމުން އަންނަ ސިލްސިލާ މި އެއްވުން ބާއްވަމުން އަންނަނީ ޕިއްޒާ ހަޓް އަދި ކޭއެފްސީ ކުރިމަތީގައިކަން ފާހަގަކުރެވެއެވެ. މި ދެ ކުންފުންޏަކީވެސް ސަހްޔޫނީންނަށް ވާގިވެރިވާ ދެ ތަނެވެ.

މި އެއްވުމުގައި ސަހްޔޫނީން ކުރަމުންދާ އަނިޔާ ކުށްވެރިކޮށް، ސަހްޔޫނީންނަށް ފަންޑް ކުރާ ހުރިހާ މަގުތަކެއް ބަންދުކުރުމަށާއި އަދި އެ ގައުމުގެ ޕާސްޕޯޓް ރާއްޖޭގައި ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށް ގޮވާލައިފައިވެއެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ އަޑު، އަދި މުސްލިމް ގައުމެއް އެއްކޮށް ނެތިކޮށްލަމުން ދާއިރު ޕޯސްޓެއް ޖެހުން ފިޔަވާ އިތުރު ފިޔަވަޅެއް ސަރުކާރުން ކުރާ ތަނެއް ފެނިފައި ނުވެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved