ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފެންވަރު ރައީސް އަބްދުﷲ ޔަމީންގެ ޝަރީއަތް ހިނގާހާ ހިނދަކު ހާމަވެގެންދާ ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުން ޑރ. ޖަމީލު ވަނީ ރައީސް މުއިއްޒު ރައީސް ޔާމީނާ މެދު ކަންކުރައްވަމުން ގެންދަވާ ގޮތާ މެދަށް އިޝާރާތްކުރައްވާފައެވެ.
އެގޮތުން ރައީސް މުއިއްޒު އެ މަގާމަށް ގެންނެވުމަށް އެންމެ ބޮޑު އަސްލަކަށްވަނީ ރައީސް ޔާމީންކަމަށްވެފައި އެމަނިކުފާނާ މެދު މިއަދު ނުހައްގުން ޝަރީއަތްތައް ހިންގަނީ ކުރިން ހަރާން ހުކުމޭ ވިދާޅުވެ މަގުތައް މަތީ އަޑުގަދަ ކުރި ކުރުން ކެންސަލް ކުރުމަށްފަހު ކަމަށާ ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ނުހައްގުން ގެންދާހާ ހިނދަކު ރައީސް މުއިއްޒަކީ ކިހާ ފެންވަރެއްގެ ބޭފުޅެއް ކަމާ ރައީސް މުއިއްޒު އަސްލު ސިފަ ހާމަވަމުން ދާނެ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ދެއްކި ވާހަކަ މިއަދު ހަނދާން ހުރި ކަމަކަށްވެސް ނުވޭ. އޭގެ ބަދަލުގައި މިއަދު ތަފާތު މެސެޖުތައް އެބަ ފޮނުވާ. އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނަމޭ ޖަގަހަ ޖަލްސާގައި ވިދާޅުވެފައި ވަޑައިގެން ޖެހިގެން އައި ދުވަހު ރައީސް ޔާމީންގެ މައްޗަށް ޝަރީއަތްތައް ފެށީ. ޖިނާއީ ކޯޓުގައި ގިނަ މައްސަލަތަކެއް ހުއްޓާ އެ މައްސަލަ ފެށީ. އަޅުަގޑު ހިތުން ރައީސް މުއިއްޒު ދިވެހި ރައްޔިތުން ކުރިމަތީ އިތުރަށް ވާހަކަ ދައްކަވާނެ ކަމެއް ނެތް. ރައީސް މުއިއްޒަކީ ކާކުކަން ކޮން އަގީދާއެއްގެ ބޭފުޅެއްކަން ކިހާ ފެންވަރެއްގެ ބޭފުލެއްކަން ކޮން އަޚްލާގެއްގެ ބޭފުލެއްކަން ކިހާވަރެއްގެ ނަޒާހާތްތެރި ބޭފުޅެއްކަން ހަމައެކަނި ރައީސް ޔާމީންގެ ޝަރީއަތް ދާ ކޮންމެ ވަގުތަކު ހަނދާން ވާނެ
ޑރ ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒު ގެންދަވަނީ އަދުގެ ޖީލަށް ހުތުރު މިސާލުތައް ދައްކަވަމުން ކަމަށާ ކުޑަ ދަރިންނަށްވެސް މިއަދު ހެވާ ނުބައި ވަކިކޮށްދޭން ދަތިވެއްޖެ ކަމަށެވެ.