March 18, 2026
Advertisement
ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި
ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި

ވަޒީރުންގެ މަގާމުތަކަށް ބޮޑު ބަދަލުތަކެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 30, 2024, 07:31 PM
މާލެ ސިޓީ

ކެބިނެޓުގެ ގިނަ މަގާމުތަކަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިކަން ހާމަވެއްޖެއެވެ.

Advertisement

މިކަމާ ގުޅިގެން އޮންލައިން ނުސް "އަދަދު"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ވަޒީރުންގެ ތެރެއިން ހަތަރު ވަޒީރެއްގެ މަގާމަށް ބަދަލު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ނިންމަވާފައެވެ.

އެގޮތުން މިހާރު ފޮރިން މިނިސްޓަރަކަށް ހުންނެވި މުސާ ޒަމިރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރުމާ، ރައިސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ މަގާމުގައި ހުންނެވި އަބްދުالله ނާޒިމް ހެލްތު މިނިސްޓަރަކަށް ބަދަލުކުރުމާ އަދި ހެލުތު މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ޚަލީލު ފޮރިން މިނިސްޓަރަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދ ޝަފީގު ބަދަލުކުރައްވަނީ ކޮން މަގާމަކަށްކަން އަދި ހާމަވެފައި ނުވާކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

މަގާމުތަކަށް ބަދަލު ގެންނަ ސަބަބެއް އަދި ސާފުވާ ގޮތް ނުވާކަމަށް "އަދަދު: ނޫހުގައި ރިޕޯޓުކޮށްފައިވާއިރު، އެ ނޫހުގައި ބުނެފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ސަރުކާރުން މި ނިންމުންތައް އިއުލާންކޮށް، ހުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved