March 18, 2026
Advertisement
ނާޒިމް, ޚަލީލު އަދި ޒަމީރު
ނާޒިމް, ޚަލީލު އަދި ޒަމީރު / ތޭރަ އޮންލައިން

ޒަމީރު, ޚަލީލު އަދި ނާޒިމް އަލުން ވަޒީރުކަމުގެ ހުވާ ކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 30, 2024, 09:10 PM
މާލެ ސިޓީ

މޫސާ ޒަމީރު، ޑރ. ޢަބްދުﷲ ޚަލީލު އަދި އަބްދުﷲ ނާޒިމް އިބްރާހިމް އަލުން ވަޒީރުކަމުގެ ހުވާ ކުރައްވައިފިއެވެ.

Advertisement

އެގޮތުން މި ތިން ބޭފުޅުން ވަޒީރުކަމުގެ ހުވާ ކުރެއްވީ އަލުން އެބޭފުޅުން ވަޒީރުންގެ ގޮތުގައި އައްޔަން ކުރެވުނު މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް ފަހު އެވެ.

ރައީސް އޮފީހުގައި ވަނީ ތިން ބޭފުޅުންނަށް ވެސް މަގާމުގެ ފަތްކޮޅު ހަވާލުކޮށްފައެވެ. ތިން ބޭފުޅުންވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.

މިއަދު ކެބިނެޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލާއެކު ފޮރިން މިނިސްޓަރަކަށް ހުންނެވި މުސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ މަގާމުގައި ހުންނެވި އަބްދުالله ނާޒިމް ހެލްތު މިނިސްޓަރަކަށް އަދި ހެލުތު މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ޚަލީލު ފޮރިން މިނިސްޓަރަކަށް ބަދަލުކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓަރަކަށް ހިންނެވި ޑރ. ޝަފީގު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މަގާމުތަކަށް ބަދަލު ގެންނަ ސަބަބެއް އަދި ސާފުވާ ގޮތް އަި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved