March 18, 2026
Advertisement
ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި
ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި

ހާމަކަން ބޮޑުކޮށް ވެރިކަން ކުރާނެ ކަމަށް ބުނި ސަރުކާރުން ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަނުކުރާތާ 4 މަސް!

Mariyam Isaadha
މަރިޔަމް އިސާދާ
Aug 18, 2025, 02:36 AM
މާލެ ސިޓީ

ހާމަކަން ބޮޑުކޮށް ވެރިކަން ކުރައްވާނެ ކަމުގެ ވައުދާއެކު ވަޑައިގެންނެވި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަ ނުކުރާތާ ހަތަރު މަސް ވެއްޖެއެވެ.

Advertisement

ރައީސް އޮފީހުން ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުންތަކުގައި ނިންމުންތައް ހާމަ ކުރުމަށް ވަކި ވެބްސައިޓެއް ހަދައި، އެ ނިންމުންތައް ހާމަކުރަން ފެށީ، މިދިޔަ އަހަރު މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން މިހާތަނަށް، 33 ބައްދަލުވުމެއްގެ ތަފްސީލު އެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު އެންމެ ފަހުން ތަފްސީލާއެކު ވަޒީރުންގެ މަޖިލީހުގެ ނިންމުމެއް ޝާއިއުކޮށްފައިވަނީ މިދިޔަ އެޕްރީލް މަހު 13ގައި ބޭއްވި ބައްދަލުވުމުގެ ތަފްސީލެވެ.

އާންމުކޮށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް ބާއްވަމުން ދަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ރަސްމީ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުޚާރުގައި އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށާ އެއްވެސް ކަމެއް ނޭނގިގެން ނޫސްވެރިންވެސް އުޅެން ނުޖެހޭނެ ކަމަށް ވިދޅާުވެފައެވެ. އަދި އެމަނިކުފާނަކީ ހާމަކަން ބޮޑުކޮށް ވެރިކަން ކުރައްވާނެ ވެރިއެއް ކަމަށް ވާނެކަމަށް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved