theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އައްސަދު ނިއުސް ޓޯކު ޕްރޮގްރާމުގައި / ތޭރަ އޮންލައިން
ސިޔާސީ
ރައްޔިތުންގެ ހާލު ފެނިދާނެތީ ވެރިން ތިބީ ކަނު ބަދެގެން: އައްސަދު
Mariyam Isaadha
މަރިޔަމް އިސާދާ
18 ޖުލައި 2025
މާލެ ސިޓީ

ގައުމުގެ ރައްޔިތުން މިއަދު ތިބި ނިކަމެތި ހާލު ފެނިދާނެތީވެސް ވެރިން ތިބީ އަމިއްލައަށް ކަނު ބަދެވިގެން ކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އައްސަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވީ، ގައުމުގެ ހާލަތު އެންމެ ރަގަޅަށް ވަޒަން ކުރެވެން ވާނީ ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށް ކަމަށެވެ.

ނަމަވެސް މިހާރު ވެރިކަމުގައި ތިއްބެވި ވެރިން ގައުމުގެ އިގްތިސޯދީ ހާލަތު އެނގި ތިބެ ވެސް ބޮޑެތި ވަފުދުތައް ހަދައިގެން އެކި ކަރަކަރައަށް ދަތުރުކުރަމުންދާ ކަން ފާހަގަކުރައްވާ އައްސަދު ވިދާޅުވީ، ވެރިކަމެއް ހިތަކަށް ލިބުނު ނަމަވެސް ގައުމާ މެދު ވިސްނަން ވާނެ ކަމަށާ. މިއަދު ރައްޔިތުންގެ ހާލު ބަލާ ބަޔަކު ސަރުކާރުގައި ނެތް ކަމަށެވެ.

އައްސަދު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒަކީ ރައްޔިތުންނާ މެދު ކުޑަކޮށްވެސް ވިސްނަވާ ވެރިއެއް ނަމަ ގައުމުގެ އިގްތިސޯދޫ އިނދަޖެހިފައި ވަނިކޮށް ބޮޑެތި ވަފްދުތައް ހަދައިގެން ބޭކާރު ދަތުރު ނުކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ ހާލު ފެނިދާނެތީ ވެރިން ތިބީ ކަނު ބަދެގެން. އާންމުގެ ތެރެއަށް ނުކުމެ ހާލު އޮޅުން ފިލުވާ ކަންކަން ބަލާ ބަޔަކަށް ރައްޔިތުން މިއަދު ތިބި ހާލަތު އެނގޭނީ. ވެރިން ތިބެނީ އެ މަންޒަރު ފެނިދާނެތީ ވެސް މޫނު އަނެއް ފަރާތަށް އަނބުރައިގެން އަމިއްލައަށް ކަނު ބަނދެގެން.

- އައްސަދު

އައްސަދު ވިދާޅުވީ ރައްޔިތުންނަށް ވީ އެއްވެސް ވައުދެއް ނުފުއްދޭ ކަމަށާ އެހެންކަމުން ވައުދުވީ ކަންކަން ނުފުއްދެވެންޏާ ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved