March 18, 2026
Advertisement
ޑރ. ޖަމީލު
ޑރ. ޖަމީލު / ތޭރަ އޮންލައިން

ނީލަން ފިހާރައިގައި ވިއްކަން ހުރި ބާ މުދަލެކޭ، އަދުގެ ކެބިނެޓު މިނިސްޓަރުންނެކޭ ތަފާތެއް ނެތް: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
May 23, 2025, 04:14 AM
މާލެ ސިޓީ

ނީލަން ފިހާރައިގައި ވިއްކަން ހުރި ބާ މުދަލެކޭ އަދުގެ ކެބިނެޓު މިނިސްޓަރުންނެކޭ ތަފާތެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ ޖަމީލު ވަނީ ސަރުކާރުގެ ވެރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް މިއަދު އެހެން ގޮތް ގޮތަށް އަނބުރާ ދެއްކި ވާހަކަ ނުދައްކާ ވާހަކައަށް ހަދަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.

އެގޮތުން އަންޑަރ ވޯޓަރ ޓަނަލް އެޅުންވެސް ފުރަތަމަ ވަރުގަދަ ޕްރޮޖެކްޓެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ފަހު ފަހުން އެކަން ތަސައްވުރަކަށް ބަދަލުކުރި ކުރުން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ފެނިގެން ދަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް "ބްލަފް" ކުރައްވާ މަންޒަރު ކަމަށެވެ. އަދި އެމަނިކުފާނާ އެމަނިކުފާނުގެ ކެބިނެޓުގެ މިނިސްޓަރުން ވާދަ ކިޔުއްވާ ވާހަކަ ދައްކަވާ ކަން އިހުސާސު ކުރެވޭ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

އެހެންކަމުން އޭގެން ފެނިގެން ދަނީ ކަމަށް ގާބިލުނޫން މީހުން އައްޔަންކުރެވިފައިވާ މަންޒަރު ކަމަށާ ނީލަމުގައި ވިއްކާ ބާ މުދަލެކޭ އަދިގެ ވަޒީރުންނެކޭ ތަފާތެއް ނެތް ކަމަށެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ، މިއަދު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ބޭސް ލިބުމުގެ ދަތިކަން ކަމަށާ އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާއިރު ދެން ސަރުކާރުން އަންގާނީ ބޭހާ ނުލާ އުޅެން ދަސްކުރަން ކަމަށްވުން ގާތްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved