ނިމިދިޔަ ސެޕްޓެމްބަރު މަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާނެކަމަށެވެ.
އަޅުގަނޑު ހިތައް އެރީ މިއީ ދެން ހަގީގަތެއްކަމަށެވެ. އެކްސިޑެންޓްތައް އިތުރުވާތީ ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައިތާ ފަސް މިނިޓް ތެރޭގައި ފުލުހަކު ފެންނަން ޖެހޭނެ ގޮތަށް ފުލުހުންގެ ޕޮލިސީއެއް ކަނޑައެޅާފައިވާނެ ކަމަށް ސީޕީ ވިދާޅުވި ނަމަވެސް ހަރާމުން ހަރާމެވެ.
މަގުމަތީ 5 މިނަޓަށްވުރެ ގިނައިން އެނބުރޭ ސޫބެއްހެން އެނބުރި ނެގިއިރުވެސް ތިޔަ ބުނާ ފުލުހުންތަކަކާ ދިމަލެއް ނުވެއެވެ.
ޓްރެފިކް ބަލަހައްޓަން ފުލުހުން ކިތަންމެ ވަރަކަށް ތިބިކަމުގައި ވިޔަސް އެކްސިޑެންތައް މަދެއްނުވެއެވެ. ހައްތަހާ ތޮއްޖެހި ވެެހިކަލްތައް އޮންނަނީ ބަރުގޮނު އަޅާލާ އަޅާލައެވެ.
މަގުމައްޗައް ނިކުމެ ދެތިން މީހަކާ ސުވާލުވެސް ކޮށްލީމެވެ. މަގުމަތީ އެމީން އުޅޭތާ 20 މިނެޓް ވީއިރު ވެސް ފުލުހަކު ނުފެނުނެވެ. ފުލުހުންގެ ހިދުމަތުން ހެދީ ދޮގަކޯ.
މިފަހަކަށް އައިސް ޖެހިޖެހިގެން ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާ އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ފުލުހުންގެ ހިދުމަތުން މަގުމަތި ބެލެހެއްޓުން އިތުރުކުރި ކަމަށް ކިތަންމެ ވަރަކަށް އަޑަށް ބާރުލައިފަ ބުންޏަސް ކުރި މަންޒަރެއް ނުފެނެއެވެ.
މާލޭގެ މަގުމަތި އޮންނަނީ އަބަދުވެސް އޮންނަހެން ތޮއްޖެހި، ބާރުބޮޑުވެފައެވެ. އެމީހަކާ އެމީހެކެވެ.
5 މިނެޓް ތެރޭ ރައްޔިތު މީހާއަށް ފުލުހަކު ފެންނަންޖެހޭނެ ގޮތައް މޮޅެތި ބޮޑެތި ޕޮލިސީތައް އެކުލަވާލިޔަކަސް އެ ޕޮލިސީއަށް ބަޔަކު އަމަލުނުކުރާހާ ހިނދަކު އޭގެން ވާނެ އެއްވެސް ފައިދާއެެއްނެތެވެ.
ފުލުހުން އެމީހުންގެ ބޮޑުންނަށް ކިޔަމަން ނުވަނީތޯއެވެ. އެހެން ނޫންނަމަ ފުލުހުންގެ ސީނިއަރ މެނޭޖްމެންޓުން އެކުލަވާލި ޕޮލިސީ ކޮންމެވެސް ވަރަކަށް ވޯކް ކުރާނެ ކަމީ ޝައްކެއް ވަސްވާހެއްް ވެސް އޮތް ކަމެެއް ނޫނެވެ.
ސަރުކާރުގެ ވެރިން ދޮގު ހަދާ ވާހަކައަކީ އާންމު ކަމެއްް ނަމަވެސް ދޮގު ހަދާ އޮޅުވާ މިލީ މިފަހަރު ދިވެހި ފުލުހުންގެ ހިދުމަތުން!