theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު / ރައީސް އޮފިސް
ހަބަރު
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހިޒުބުالله ޖަމާއަތުގެ ލީޑަރު އަނިޔާވެރިކޮށް ޝަހީދު ކޮށްލުމުން ދިވެހި ސަރުކާރު ހަނު!
Aishath Naja
އައިޝަތު ނަޖާ
01 އޮކްޓޯބަރު 2024
މާލެ ސިޓީ

ފާއިތުވެދިޔަ ހަފްތާގެ ހޯމަ ދުވަހު ލުބުނާނަށް ދޭންފެށި އުދުވާނީ ހަމަލާތަކުގައި އެގައުމުގެ އާންމު ރައްޔިތުންގެ 1000 މީހަކު ޝަހީދު ކޮށްލާ އަދި ފަލަސްތީނުގެ މިނިވަކަމަށް ޖިހާދު ކުރަމުންދާ ހިޒްބުއްالله ޖަމާއަތުގެ އެންމެ އިސް ލީޑަރު ހަސަން ނަސްރުالله އަނިޔާވެރި ގޮތަކަށް ޝަހީދު ކޮށްލުމާއި ގުޅިގެން މުޅި އިސްލާމީ އުއްމަތް ހިތާމަ ފާޅު ކުރަމުންދާއިރުވެސް ދިވެހި ސަރުކާރުން ސަހްޔޫނީންގެ މި އަނިޔާވެރި ހަމަލާތަށް މިހާތަނަށްވެސް ކުށްވެރި ނުކުރާކަން ހާމަވެއްޖެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހިޒްބުالله ޖަމާއަތުގެ އިސް ލީޑަރު ޝަހީދު ކޮށްލުމާއި ގުޅިގެން ރައީސް މުއިއްޒުވެސް އަދި ހާރިޖީ ވުޒާރާއިން ވެސް ބަޔާނެއް ނެރެފައިނުވެއެވެ.

އިސްރާއީލުން ހިޒްބުالله ޖަމާއަތުގެ އެންމެ އިސް ލީޑަރު ހަސަން ނަސްރުالله ޝަހީދު ކޮށްލާފައިވަނީ ލުބުނާނުގެ ވެރިރަށް ބޭރޫތަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކެެއްގައެވެ. އަދި ހަސަން ނަސްރުالله ޝަހީދު ކޮށްލުމާއި ގުޅިގެން ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކުގައިވަނީ 3 ދުވަހަށް ހިތާމަފާޅު ކުރުންވެސް އިއުލާން ކޮށްފައެވެ.

މި ސަރުކާރުން ދަނީ ފަލަސްތީނުގެ މިނިވަންކަމަށް ތާއީދު ކުރާކަން ދެއްކުމުގެ ގޮތުން ބޮޑެތި މަހާސިންތާތަކުގައި ފަލަސްތީނުގެ މިނިވަންކަމުގެ ވާހަކަ ދައްކަމުންނެވެ. އެހެންނަމަވެސް ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލްވެސްވެސް ވަނީ 100 އެތައް ދުވަހެއްވީ އިރުވެސް މަޖިލީހުގެ ކޮމިޓީގައި ޕާކްކޮށްފައެެވެ.

މިކަަމާ އާންމު ރައްޔިތުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?