ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރަކަށް ތަފާތު ކުރިކަމުގެ ބޮޑެތި ތުހުމަތު ތަކެއް އަމާޒުވެއްޖެއެވެ.
އެގޮތުން ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް ހެންޑްލުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޖެންޑާ މިނިސްޓްރީގެ އެލްޑާރލީ ޑިޕާޓްމަންޓު ހެލްތު މިނިސްޓްރީއަށް ބަދަލުކުރަން ނިންމުމާއެކު އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރަށް ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމު އަދި އެ މިނިސްޓްރީގެ އިސްވެރިން ތަފާތުކުރި ކަމަށެވެ.
ކ. ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒުވެސް ބަލަހައްޓާ އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޝޫޒަން އަދި އޭނާގެ ދަށުން މަސައްކަތް ކުރަމުން ދިޔަ ފަސް މުވައްޒަފަކު ހެލްތު މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށާ އަދި ޝޫޒަންއަށް ހިތްވަރު ދިން ބައެއް މުވައްޒަފުންވެސް އެހެން މިނިސްޓްރީތަކަށް ބަދަލުކޮށްފައި ކަމަށް ކުރުސިގެ އެކްސް ޕޯސްޓުގައި ބުނެފައިވެއެވެ.
ޕޯސްޓުގައި ވަނީ ޝޫޒަން އާއި ޑިޕާޓްމަންޓުން ވަނީ ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރި ބައްދަލުކުރުމުގައި ޝޫޒަން ދެއްކި ވާހަކަތަކުގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ.
ވީޑިއޯގައި ޝޫޒަން ވަނީ މިނިސްޓަރު އައިޝަތު ޝިހާމަށް ބޮޑެތި ތުހުމަތުތައް އަމާޒުކޮށްފައެވެ. އެގޮތުން ޝޫޒަން ވަނީ މިނިސްޓްރީން އެއްވެސް ސަބަބެއް ނެތި އޭނާ ކުރަމުން އައި މަސައްކަތަށް ހުރަސް އަޅައި ކޮމިޓީތަކުން ބޭރުކޮށް އެޗްއޯޑީ ކަމުން ވަކިކޮށް މިނިސްޓްރީގެ އިސްވެރިންގެ ބައްދަލުވުންތަކަށް ވަނުން މަނާކުރި ކަމަށް ބުނެފަ އެވެ. އަދި އެ ކަންތައް ސާފުކުރަން އޭނާ އެޕޮއިންޓްމަންޓަކަށް ރިކުއެސްޓުކުރިރުމުންވެސް އެޕޮއިންޓްމަންޓެއްވެސް ނުދިންކަމަށް ޝޫޒަން ބުނެފައިވެއެވެ.
‼️Watch👇
— Hassan Kurusee (@HKurusee) October 3, 2024
Ms. Shooza — Director of Elderly Dept at Gender Ministry who’s worked there for 17 years has been moved to Health when she didn’t resign.@aishathshiham & co removed her from committees & bullied her so much.
Watch her speech, she explains everything in plain… pic.twitter.com/cHgzREyrwk
މީގެ އިތުރުން ޝޫޒަން ވަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރަން އޮތް އެންމެ އިސް މުއައްސަސާއިން އޭނާގެ ހައްގުތަކަށް އަރައިގެން ނަފްސާނީ ގޮތުން ބަލިކަށީކޮށްލިކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން ހައްގުތަށް ނިގުޅައިގަނެފައިވާ ކަމަށާއި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް އޭނާއަށް ދީފައިވާ ކަމަށާއި އެކަމާމެދު ހިތާމަކުރާ ކަމަށްވެސް އޭނާ ވީޑިއޯ ގައި އޭނާ ވިދާޅުވެއެވެ. އަދި މިއީ އޭނާ އެކަނި ތަހައްމަލުކުރަމުންދާ ކަމެއް ނޫން ކަމަށާއި މިނިސްޓްރީގެ އިތުރު މުވައްޒަފުންވެސް މިކަން ތަހައްމަލް ކުރަމުންދާ ކަމަށްވެސް އޭނާ ވަނީ ތުހުމަތުކުރައްވައިފައެވެ.
ކުރުސީ އިތުރަށް ބުނެފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސެއިން ޝަރީފް ފިޝަރީޒް މިނިސްޓްރީ އަށް ވެސް ބަދަލުކޮށްފައިވާ ކަމަށާ އެކަމުގެ ފަހަތުގައި އޮތީ ޝޫޒަންއަށް ހިތްވަރު ދިނުމުން ކަމަށެވެ.
މިކަމާ ގުޅިގެން ޖެންޑަރގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.