

ދިވެހީންގެ ރާއްޖެއެއް ރައްޔިތުންނަށް ހޯދައިދެވޭނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް 3 ދައުރު ލިބިގެންކަމަށް މަޖިލިސް ރައީސް އަދުރޭ ވިދާޅުވީ އޭގެން އަމިއްލައަށް ފައިދާވާނެތީކަން ހާމަވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ދާއިރާތަކުގައި، މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ފެށުމަށް އިއްޔެ ބޭއްވި ހަރަކާތަށްފަހު މީޑިޔާ އަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަަފުޅު ދައްކަވަމުންނެެވެ.
އެގޮތުން އޭނާ ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭގޮތަށް ބިނާކުރުމަށްޓަކައި 10 ނުވަތަ 15 އަހަރު ރާއްޖޭގައި އެއް ވެރިކަމެއް އޮންނަންޖެހޭ ކަމަށެވެެ.
އަދުރޭ ވިދާޅުވީ ރައީސް މުޢިއްޒު ގެންގުޅުއްވަނީ ދިވެހިންގެރާއްޖެ އެއް ބިނާކުރުމުގެ ސިޔާސަތު ކަމަށެވެ. އެ ސިޔާސަތު ހަގީގަތަކަށް ހެދުމަށްޓަކައި އެމަނިކުފާނުގެ ވެރިކަން ދިގު ދެމިގެންދާނެ ފަދަ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދުރޭ މިމޭރަމުން ވާހަކަދައްކަވާފައި ވަނީ އޭގައި އޭނާގެ އަމިއްލަ ފައިދާ އޮވެގެންނެވެ. އެގޮތުން މި ސަރުކާރު ދެމިއޮވެއްޖާ އޭނާގެ ހުރިހާ އާއިލާ މެމްބަރުން ތިބޭނީ ބޮޑެތި ސިޔާސީ މަގާމުތަކުގައެވެ. ހުދު އޭނާއަށް ވެސް ރައީސް މުއިއްޒަށް އަމުރުތަކެއްކޮށްގެން ދައުލަތުގެ ފައިސާއިން ވައްކަންކުރެވޭނެތީ ކަމަށް އެކި އެކި ފަރާތްތަކުން ގަބޫލުކުރެއެވެ.
ރައީސް މުއިއްޒު 15 އަހަރު ވެރިކަން ކުރައްވައިގެން ނޫނީ ދިވެހީންނަށް ދިވެހީންގެ ރާއްޖެއަކާ ހަމަޔަށް ވާސިލްނުވެވޭނެ ކަމަށް އަދުރޭ ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.