March 21, 2026
Advertisement
ރައްޔިތުން މަޖިލީހުގެ ބޭރުގެ ފޮޓޯއެއް
ރައްޔިތުން މަޖިލީހުގެ ބޭރުގެ ފޮޓޯއެއް / ސަން އޮންލައިން

މަޖިލީހުގެ ދެވަނަ ދައުރު ފެށުން އަންނަ ހަފުތާއަށް ފަސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Oct 6, 2024, 08:42 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުން އަންނަ ހަފުތާގެ ހޯމަދުވަހަށް ފަސްކޮށްފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް ޖަލްސާ ފަސްކުރިކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް މިއަދު އަންގާފައިވެ އެވެ.

މަޖިލީހުން މެންބަރުންނަށް އެންގި ގޮތުގައި ޖަލްސާ ފަސްކުރަން ނިންމީ މަޖިލީހުގެ ޖަލްސާތަައް ބްރޯޑްކާސްޓު ކުރުމަށް އައު ވީޑިއޯ ރޫމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ނުނިމޭތީއެވެ.

އެ މަސައްކަތް ނުނިމެނީސް މަޖިލީހުގެ ޖަލްސާތައް ދުރަށް ދެއްކުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

އެހެންކަމުން މި ހަފުތާ ހޯމަދުވަހުގެ ބަދަލުގައި އަންނަ ހަފުތާގެ ހޯމަ ދުވަހު މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވެވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގާފައިވެއެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލާފައިވަނީ ނިމުނު އޯގަސްޓު މަހުގެ 22 ވަނ ދުވަހުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved