
ރައީސް ޑރ މުހައްމަދު މުއިއްޒު، އަދުރޭ އެއް ފަރާތްކުރަމުން ދާ މަންޒަރު ފެންނަން ފަށައިފި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވަނީ މިއަދު ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަން ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނަށް ވަދާއުގެ ސަލާމުކުރަން ވަޑައިގެން ތިއްބެވި މީހުންގެ ތަރުތީބަށް ނަޒަރު ހިންގަވާލައްވާފައެވެ.
އެގޮތުން އަދުރޭ އާއި ރައީސް މުއިއްޒުގެ ކޯޅުން މިހާރު އާންމު ރައްޔިތުންނާއި ހަމައަށް ތިލަވަމުންދާ ކަމަށާ އެ މަންޒަރު ވަރަށް ސާފުކަމަށެވެ.
މީގެ އިތުރުން އެތުރިފައި ތިބި ސަފުގެ ދެވަނައަށް އަދުރޭ ޑައުން ގްރޭޑްކޮށްފި ކަމާ އޭގެން ދޭހަވަނީ ރައީސް މުއިއްޒު އަދުރޭ އެވޮއިޑުކުރަން ފަށައިފިކަމަށް ކަމަށެވެ. އަދި އެއީ ހެޔޮ ފާލެއް ކަމަށާ ޖާހިލުން ކައިރިކުރަން ހެޔޮނުވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.










