ޗާގޯސް މައްސަލައާ ދިވެހިންނަށް ގެއްލުނު ކަނޑުގެ ސަރަހއްދުގެ މައްސަލައިގައި މި ސަރުކާރުގެ ވެރިން މީގެ ކުރިން ކިޔަމުން ގެންދިޔަ ހުރިހާ ޅެމެއް ފަރިއްސަށްވެއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ މިރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އަދުގެ ސަރުކާރުގެ ވެރިންނަށް ހުރިހާ އާރާ ބާރާ ލިބިފައި އޮތްއިރު ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްގައި އެކަމަށް ވަކާލާތުނުކޮށް އިނގިރޭސިން ޗާގޯސް މޮރިޝަސްއަށް ދޭން ނިންމުމުން އެކަމާ ވެސް ބަސްފުޅެއް ވިދާޅުވުމެއް ނެތި އޭގެ ޖެހިގެން އައި ދުވަހު އިންޑިއާ ރައީސް މުއިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނާ މި ސަރުކާރުގެ ނިޔަތް ޗާގޯސް މައްސަލައިގައި ވަރަށް ސާފުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެހެންކަމުން އޭރުގައި މި ބޭފުޅުން ކުޅުނީ ޑްރާމެއްކަމަށް މިހާރު ބުނުމަށް މަގު ފަހިވާ ކަމަށެވެ. އެގޮތުން ކުރީ ސަރުޚާރުން ހެދި ގޯސްތައް ރަގަޅުކުރުމަށް ފުރުސަތު ލިބުމުން އެ ފުރުސަތުގެ ބޭނުން ނުހިފާ ރައްޔިތުންނަށް ކަންކަން އޮޅުވާލަމުން ގެންދަވާކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ޗާގޯސް މައްސަލައިގައި ކީހާ ޅެން ފަރިއްސައްވެއްޖެ. ރައީސް ސޯލިހު ފޮނުއްވި ސިޓީ މުއިއްޒަށް ފެންނާނެ. އެ ސިޓީގައި އޮތީ ގޯސް ވާހަކަ ކަމަށް ބުނެވޭނެ. ނަމަވެސް އެކަމާއި ގުޅިގެން މިހާރު ދައްކަނީ މުނާފިގު ވާހަކަ
ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ފާޓު ފުޅާ ވާހަކަ ދައްކަވަނީ ނަތީޖާއަކަށް ނުވިސްނަވާ ކަމަށެވެ. އެގޮތުން އިސްކޮޅާ ނުބައްދަލު ވާހަކަ ރައީސް މުއިއްޒު ބައިނަލްއަގްވާމީ ދުނިޔޭގައި ދައްކަވަމުން ގެންދަވާ ކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.