އުތުރު ތިލަފަޅަކީ ނިމިދިޔަ ސަރުކާރުން އިންޑިއާއަަށް ގާނޫނާ ޚިލާފަށް ދީފައިވާތަނެއް ކަމަށް ކުރިން ވަކާލާތު ކުރުމަށްފަހު މިހާރު ވެރިކަމަށް ދިހަ މަސް ވެގެން ދިޔްއިރު ވެސް އެ އެގްރިމަންޓަށް ބަދަލެއް ނުގެނެސްއޮތުމުން ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިކަމާ ގުޅިގެން ފާޑުވިދާޅުވީ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ނިިދިޔަ ސަރުކާރުގައި 19 މަޖިލީހުގެ ތެރެއިން ޔޫޓީއެފް އެއްބަސްވުން ނުހޯދުނު ކަމަށާ އެއީ ސަރުކާރުގެ މެޖޯރިޓީ އޮތުމުން ކަމަށެވެ. ނަމަވެސް އޭރު އެކަމާ ގުޅިގެން އެއްމެ ބާރަށް ވަކާލާތު ކުރެއްވި ބޭފުޅުންގެ ތެރެއިން އަދުރޭ މިހާރު މަޖިލިސް ރައީސަކަށް ހުންނަވާ އެ މައްސަލަ ނުބައްލަވަނީ ކީއްވެ ކަމާ މެދު ރައީސް ޔާމީން ސުވާލުއުފެއްވިއެވެ.
މީގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި އޭރު އެ މައްސަލަ އެންމެ ބޮޑަށް ތިލަކޮށް ޚަބަރު ގެނެސްދެމުން ދިޔަ އަހުމަދު އަޒާން މަރުޒޫގު ވެސް މިއަދު މަޖިލީހުގައި ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވަން އިންނެވިކަން ފާހަގަކުރައްވާ ރައީސް ޔާމީންވަނީ މިހާރު ޔޫޓީއެފް ބަލާލަން ދާން އަޒާންއަށް ކެރޭނެތޯ ސުވާލު ކުރައްވާފައެވެ.
ޔޫޓީއެފްގް އެގްރީމެންޓް އަނެއްކާ އެއޮތީ އިންޑިއާ ބޭނުންވާ ގޮތަށް އިތުރުކޮށްފައި. އަޅުގަނޑު ހިތަށް އަރާ އަޒާނަށް ކެރޭނެބާ ޔޫޓީއެފް ބަލާލާން ދެންދާން
ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާ ގާތްގުޅުމެއް ބޭއްވުމާ އެމަނިކުފާނު ވެސް ދެކޮޅު ނޫން ކަމަށާ ނަމަވެސް އެ ގުޅުމަކީ އިސްތިއުމާރު ކުރާ އުސޫލުން ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒުފޯރުވާ ރާއްޖޭގެ ޚާރިޖީގެ ސިޔާސަތު އިންޑިއާގެ ތެރެއިން ބައްޓަންވެގެން ދާނެ ގުޅުމަކަށް ވެގެން ނުވާނެ ކަމަށެވެ.