ވައިގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ އިން ލާމަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ނެރުނު ސަމާލުގައި ބުނެފައިވަނީ، ހއ. އިން ލ.އަށް ބޯކޮށް ވާރޭހި ގުގުރާނެ ކަމަށެވެ.
ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މި ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރު ފަހު 2:45 އިން މިރޭގެ 08:45 އަކަށެވެ.
Alert white for strong winds and heavy rain pic.twitter.com/j7Rr74JOKv
— Maldives Meteorology (@MetMaldives) October 8, 2024
މީގެ އިތުރުން ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރވޭތީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައިވެއެވެ.
އެ ސަމާލުގައި މެޓު އޮފީހުން ބުނެފައިވަނީ، މިއަދު މެންދުރު ފަހު 2:45 އިން މިރޭގެ 08:45 އާ ދެމެދު މި ސަރަހައްދުތަކަށް ގުގުރުމއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
Alert white for heavy rain pic.twitter.com/CltQYykB3T
— Maldives Meteorology (@MetMaldives) October 8, 2024
މޫސުން ކުރިއަށް ލަފާކުރާގޮތް ހާމަކުރަމުން މެޓުން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވިދާޅުވިއެވެ.