March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އިންޑިޔާގެ ރައްޔިތުން މިއަދު ރައީސް މުއިއްޒަށް ކުރަނީ މަލާމާތް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Oct 8, 2024, 09:39 PM
މާލެ ސިޓީ

އިންޑިއާ ރައްޔިތުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަލާމާތްކުރަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ހަނީމޫން ޕީރިއަޑްގައި އިންޑިއާއާ ދެކޮޅަށް ވަރަށް ޖޯޝާއި ފޯރީގައި ވާހަކަދެއްކި ކަމަށެވެ. އަދި އިދިކޮޅުގައި ތިބިއިރުވެސް އިންޑިއާ އާ ދިމާލަށް ވަރަށް ގިނަ އެއްޗިހި ކީ ނަމަވެސް މިއަދު ފެންނަމުން ދަނީ "އެއްލި ތީރު" އަމިއްލަ ގަޔަށް ހެރޭ މަންޒަރު ކަމަށެވެ.

ރައީސް މުއިއްޒުގެ އަމަލުތަކުގެ ސަބަބުން އިންޑިއާ ރައްޔިތުން އެމަނިކުފާނަށް މިއަދު މަލާމާތް ކުރަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އިންޑިޔާގެ ރައްޔިތުން މިއަދު އެ ދަނީ މަލާމާތްކުރަމުން.

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޔާމީން ވިދާޅުވީ މިދިޔަ ސަރުކާރުން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުންތަކަކީ ރާއްޖެ ވިއްކާލުމާ ގުޅޭ އެއްބަސްވުންތަކެއް ކަމަށް މީގެކުރިން މި ސަރުކާރުގެ އިސްވެރިން ބުނެފައިވާއިރު، މިއަދު ފެނުނީ އެ އެއްބަސްވުންތައް އާކުރި މަންޒަރު ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved