March 26, 2026
Advertisement
ޖަލްސާ ތެރެއިން
ޖަލްސާ ތެރެއިން / ތޭރަ އޮންލައިން

ރައީސް ޔާމީން ކުރެއްވީ އިސްލާމީވަންތަ ދިވެހި ވެރިކަމެއްް: ވައްޑެ

Aishath Naja
އައިޝަތު ނަޖާ
Oct 9, 2024, 09:03 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވީ އިސްލާމީވަންތަ ދިވެހި ވެރިކަމެއްކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި އިސްކޮށް މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

Advertisement

ވައްޑެ މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ވައްޑެ ވިދާޅުވީ ފާއިތުވި ދިގު ތާރީޚުގައި ދިވެހިރާއްޖޭގެ ތަޚްތަށް ރެދެލިކުރެވުނު ރައީސުންގެ ތެރެއިން، ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ދިވެހި ލޮބުވެތި ރައްޔިތުން ވެރިކަން ހަވާލުކުރެއްވެވި މަގްސަދު އޮޅިވަޑައިނުގެން ވެރިކަން ކުރެއްވެވި މަދު ރައީސުންގެ ލިސްޓުގެ އެއްވަނައިގައި އޮތީ ރައީސް ޔާމީންގެ ނަންކަން ޔަގީންކަމަށެވެ.

ރައީސް ޔާމީން ކުރެއްވެވީ އިސްލާމީވަންތަ ދިވެހި ވެރިކަމެއް ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

ގައުމު ކިތައްމެ ކުޑަޔަސް މިނިވަން މުސްތަގިއްލު ޤައުމެއްގެ ގޮތުގައި، މިނިވަންކަމާއި، އިސްތިގުލާލު ގެއްލުވާނުލައްވައި ތަރައްޤީއާއި، އިގްތިސޯދީ ރޮގުން މެދުއުޑުގަ ފިޔަޖަހާލެވޭނޭކަން ކުރު ފަސް އަހަރުން ވަނީ ދުނިޔެއަށް ދައްކާލަދީފައިކަމަށް ވިދާޅުވެ ވައްޑެ ވަނީ ރައީސް ޔާމީނަށް ތައުރީފްކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved