March 26, 2026
Advertisement
އަހުމަދު މުހައްމަދު ވަހީދު
އަހުމަދު މުހައްމަދު ވަހީދު / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ސިޔާސީ ހުރިހާ ބޭފުޅުންވެސް މިއަދު ތިއްބެވީ ރައީސް މުއިއްޒުގެ ޅޮސް އުނދޯލީގައި: ވައްޑެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 11, 2025, 09:44 PM
މާލެ ސިޓީ

ސިޔާސީ ހުރިހާ ބޭފުޅުންވެސް މިއަދު ތިއްބެވީ ރައިސް ޑރ، މުހައްމަދު މުއިއްޒުގެ ޅޮސް އުނދޯލީގައި ކަމަށް، ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ، އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ޗެންލް 13ގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، ގާނޫނު އަސާސީގެ ތިން ބާރު މިވަގުތު އޮންނެވީ ރައިސް މުއިއްޒުގެ މުށުތެރޭގައި ކަމަށެވެ. މިވަގުތު ދިވެހި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެއްވުމަށް ހުންނެވި ހަމައެކަނި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ވެސް ވައްޑެ ހާމަކޮށްފައިވެއެވެ.

އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ގިނިކަންޏާ ރައީސް ޔާމީން އެކަނިމާ އެކަނި، ނިކުމެ ހުންނަވާ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް މި ބޮޑު މައްސަލައިގައި ވަކާލާތު ކުރައްވާ، ދިވެހިންނަށް މިލިބެމުންދާ ގެއްލުމުގެ ވާހަކަދައްކާ ހަމައެކަނި ލީޑަރަކަށް އަޅުގަނޑުމެންނަށް މިފެންނަނީ ރައީސް ޔާމީން، ދެން ތިބި އެންމެން މިތިބީ ސިޔާސީ ގޮތުން އެއްދާނެއްގައި، ޅޮސް އުނދޯލީގަ އޭރުގައި އިބްރާހިމް މުހައްމަދު ސޯލިހުގެ ޅޮސް އުނދޯލީގައި، މިއަދު މުއިއްޒުގެ ޅޮސް އުނދޯލީގަ، މުއިއްޒު ހަމަ ބާރަަށް ހެއްލާވަރަކަށް އަތްޖަހަން،

ވައްޑެ

ދިވެހިރާއްޖޭގެ މިއަދު އޮތް އަދުލުގެ ނިޒާމުގެ ތެރެއިން އިންސާފު ލިބިދާނެ ކަމަކަށް އެއްވެސް ވަރަކަށް ޤަބޫލުނުކުރެވޭ ކަމުގައި އެބޭފުޅާވަނީ ވިދާޅުވެފައެވެ. ޖުޑީޝަރީގެ ތެރެއިން އިންސާފު ލިބިވަޑައިގަންނަވާ ނަމަ ލިބިވަޑައިގަންނަވާނީ ނުހައްގު ދައުވާއެއްގައި ހުންނެވި ރައީސް ޔާމީންއަށް ކަމުގައި ވެސް ވައްޑެ ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ސިސްޓަމް މިއަދު އޮތީ ފެއިލްވެފައި ކަމަށް ބުނެ ވައްޑެ ހާމަކުރީ މަޖިލީސް ތެރެއިން ޤާނޫނަށާއި ޤާނޫނު އަސާސީއާ ފުށު އަރާ ޤާނޫނުތަކެއް މިހާރު ހަދަމުން ދާކަމަށެވެ.

މިއަދު ފެނިގެން މިދަނީ ދިވެހިރާއްޖޭގެ ފެހި ޤާނޫނު އަސާސީއިން ދިވެހިންނަށް ލިބެން ޖެހޭ ފޮނި މީރު ރަހައިގެ ދިމާ އިނދިކީލަ ކޮށްދާތަން ކަމުގައި ވެސް ވައްޑެ ވަނީ ވިދާޅުވެފައެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved