May 20, 2026
Advertisement
ރައީސް ޔާމީނާއި ރައީސް މުއިއްޒު
ރައީސް ޔާމީނާއި ރައީސް މުއިއްޒު / ރާއްޖެ އޮންލައިން

ރައީސް ޔާމީން ކުރެއްވިފަދަ ވެރިކަމެއް ރައީސް މުއިއްޒުއަކަށް ނުކުރެވޭނެ: ވަހީދު

Hussain Nawaf
ހުސައިން ނަވާފް
Jan 23, 2025, 06:25 PM

ރައީސް އަބްދުﷲ ޔާމީން ކުރެއްވިފަދަ ވެރިކަމެއް ރައީސް މުހައްމަދު މުއިއްޒަށް ނުކުރެވޭނެކަމަށް ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ އަހްމަދު މުހައްމަދު ވަހީދު ވައްޑެ ވިދާޅުވެއްޖެއެވެ.

Advertisement

ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މުއިއްޒު ފުޓުބޯޅަ ކުޅޭ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. އެކަމަށް ރިއާޔަތްކޮށް ވަހީދުވަނީ އެއީ ރައީސް ޔާމީންވެސް އެފަދަ ކަމެއް މީގެ ކުރީން ކޮށްފައިވާތީ ކުރިކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އެގޮތުން މަކަރުން ވެރިކަން ލިބިދާނެކަމާއި ލަނޑުވެސް ޖެހިދާނެކަމާއި ނަމަވެސް ރައީސް ޔާމީން ކުރެއްވިފަދަ ފުރިހަމަ ވެރިކަމެއް ރައީސް މުއިއްޒަށް ނުކުރެވޭނެކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ފަދައިން ލަނޑު ޖައްސަވަން ލައްކަ ދުވަސްވެސް ނަގާނެކަމަށް ވައްޑެގެ ޓްވީޓުގައިވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved