March 26, 2026
Advertisement
ވައްޑެ ވިދާޅުވީ ޗައިނާގެ އޮންލައިން ޕްލެޓުފޯމުތަކުން ކުރާ ވިޔަފާރީގެ ޓެރިފު ބޮޑުކުރީ މޯދީ ރުއްސަން ކަމަށް
ވައްޑެ ވިދާޅުވީ ޗައިނާގެ އޮންލައިން ޕްލެޓުފޯމުތަކުން ކުރާ ވިޔަފާރީގެ ޓެރިފު ބޮޑުކުރީ މޯދީ ރުއްސަން ކަމަށް / ތޭރަ އޮންލައިން

މިއަދު އަޅުގަނޑުމެންެގެ އިޖުތިމާއީ އަދި އިޤްތިސާދީ ފޭރާމުތައް ވީދާ ކުދިކޮށްފި: ވައްޑެ

Sudha Latheef
ސުދާ ލަތީފް
Aug 2, 2025, 05:00 PM
މާލެ ސިޓީ

މިއަދު ޤައުމުގަ ހުރި އަޅުގަނޑުމެންގެ އިޖުތިމާއީ އަދި އިޤްތިސާދީ ހުރިހާ ފޭރާމެއް ވީދާ ކުދި ކޮޮށްފިކަމަށް އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ މުއިއްޒު ވެރިކަމުގައި ހުރެގެން ގެއްލުނީ އަޅުގަނޑުމެންގެ މިނިވަންކަން އެކަނި ނޫން ކަމަށެވެ.

ރައްޔިތުން މި ފިކުރައް ވޯޓު ދީގެން ގެނައި ވެރިއަކަށްވާތީ މި ވާހަކަ އަޅުގަނޑުމެން ދައްކަން މިޖެހެނީ. އަޅުގަނޑުމެންނަށް މި ވާހަކަ ދެއްކުމުގެ އޮތޯރިޓީވެސް މިލިބެނީ އެހެންވެ. އަޅުގަނޑުމެން މިތާގަ މިތިބަ ގިނަ މީހުންނަކިީ މުއިއްޒުއާއި އެއްކޮށް މުއިއްޒު މި ރާއްޖޭގެ ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހުން. ރައީސް ޔާމީން ވަޑާއިގެންނެވިއިރު ބައްލަވާ ތިބޭފުޅުން ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް. ކޮރަޕްޝަނުގެ ރޭޓު ދަށް އިނގޭތޯ.

ވައްޑެ ވިދާޅުވީ މިއަދުގެ ސަރުކާރު އޮތް ގޮތުން ރައީސް މުުއިއްޒުގެ ބަހާއި އަމަލާއި ދިމާ ވެދާނެކަމަށް މިއަދު ޤަބޫލުކުރާނެ ކޮންމެ މީހަކީ ބޯގޯސް މީހެއް ކަމަށެވެ.

ވައްޑެ އިތުރަށް ވިދާޅުވީ މުއިއްޒު ހުރެގެން އަޅުގަނޑުމެން ދަރަނިވެރިވެ އަޅުގަނޑުމެންގެ އަތުން ގެއްލެނީ މިނިވަންކަން އެކަނި ނޫންކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved