March 26, 2026
Advertisement
އަހްމަދު މުހައްމަދު ވަހީދު ވައްޑެ
އަހްމަދު މުހައްމަދު ވަހީދު ވައްޑެ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ރައީސް މުއިއްޒަށް ނެތް ތާއީދެއް ދެއްކުމުގެ ގޮތުން ރާއްޖޭގެ ގާނޫނުތައްދަނީ މުގުރާލަމުން: ވައްޑެ

Hussain Nawaf
ހުސައިން ނަވާފް
Jan 24, 2025, 02:08 PM

ރައީސް މުހައްމަދު މުއިއްޒަށް ނެތް ތާއީދެއް ދެއްކުމުގެ ގޮތުން ދިވެހިރާއްޖޭގެ ގާނޫނުތައްދަނީ މުގުރާލަމުންކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަހްމަދު މުހައްމަދު ވަހީދު ވައްޑެ ވިދާޅުވެއްޖެ އެވެ.

Advertisement

ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިއަދު ރައީސަށް ތާއީދު އޮތްވަރުދަނީ ފެންނަމުންކަމަށް ވައްޑެވަނީ ވިދާޅުވެފައެވެ. އަދި އެގޮތުން ރައީސް މުއިއްޒު ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކަކީ ރައްޔިތުންނަށް ވައުދުތައް ފުއްދާދޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްކަން އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވިކަންވެސް ވައްޑެވަނީ ފާހަގަ ކުރައްވާފަ އެވެ.

ރައްޔިތުންނަށް ޔަގީންކަން ދެއްވަން އަރިހުގައި ދައުލަތުގެ އެތަކެއް ވަޒީރުންނާއި ދައުލަތުގެ އެކި އެކި މީހުން ގޮވައިން ދާ އިރު އަޅުގަނޑުމެންނަށް ލައިނުން އިތުރަށް މި ފެންނަނީ ބިދޭސީ 10 ވަރަކަށް ޓީޗަރުންނާއި 10 ވަރަކަށް މީހުން. އެހެންވެ މިއޮތީ ރައީސް މުއިއްޒަށް ތާއީދު އޮތް ވަރު ފެންނަން. ނެތް ތާއީދެއް ދެއްކުމަށްޓަކައި.

ވައްޑެ

އެގޮތުން ވައްކަމާއި ކޮރަޕްޝަނާއި ފަސާދަވަނީ ސަރުކާރުގެ ތެރޭގައި އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަ ކުރައްވާ ވައްޑެވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved