March 26, 2026
Advertisement
އަހުމަދު މުހައްމަދު ވަހީދު (ވައްޑެ)
އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) / ތޭރަ އޮންލައިން

މިވީ ސަތާރަ މަހުގައި ސަރުކާރުން ހަދަނީ ހުސް ސޮފްޓްވެއާރ: ވައްޑެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 30, 2025, 07:52 PM
މާލެ ސިޓީ

މިވީ ސަތާރަ މަހުގައި ސަރުކާރުން ހަމައެކަނި ކުރާކަމަކީ ސޮފްޓްވެޔާރ ހެދުން ކަމުގައި ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

އާދީއްތަދުވަހުގެރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުރިހާ ދިމާލަކުންވެސް ރައްޔިތުންނަށް ފެންނާނީ ރިވެލިއުޝަނަރީ ޗޭންޖެއް ކަމަށެވެ. ނަމަވެސް ފާއިތުމިވީ 17 މަސްދުވަހުގައި މިވެރިކަމުގެ ރިވެލިއުޝަނަރީ ޗޭންޖަކަށް މިފެނިގެންދަނީ، ހަމައެކަނި ސޮފްޓްވެއާރ ހެދުން ކަމަށެވެ.

2013 ވަނައަހަރު ރައީސް ޔާމީން ވެރިކަމާއި ހަވާލުވުމާއި އެކު ޤައުމުގައި ހުރި މައްސަލަތައް ދެނެގަނެ އެކަމަށް ފިޔަވަޅު އަޅަން ފެށިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ނިމިގެންމިދިޔަ 10 އަހަރަށް ބަލާލީމަ ދިވެހިންނަށް މިއޮތީ ހެވާއި ނުބައި ފެނިފަ އިނގޭތޯ އަޅުގަނޑު މެންނަށް ފެނިގެންދިޔައީ 2013 އިން 2018 އަށް ރައީސް ޔާމީން ކުރެއްވި ވެރިކަމުގަ އިނގޭތޯ، ކުރެއްވި ވެރިކަމުގައި ހުރިހާ ދިމާލަކުން ވަކި ސިނާއަތެއް ފާހަނގަ ނުކޮށް ހުރިހާ ދިމާލަކުން ރިވަލިއުޝަނަރީ ޗޭންޖަސްތަކެއް އައިތަން އަޅުގަނޑު މެންނަށް ފެނިގެން މިދިޔައީ އިންގޭތޯ މިހާރު މިމީހުންނަށް ރިވަލިއުޓަނަރީ ޗޭންޖަކަށް މިވަނީ ސޮފްޓްވެއާރ ހެދުން އަދި މިސަރުކާރުން ސަތާރަ މަސްވީއިރު ހުސް ސޮފްޓްވެޔާ މިހަދަނީ، އެޕު މިހަދަނީ އެޕުތައް ޑިވެލޮޕް ކުރަނީ

ވައްޑެ

ވައްޑެ ވިދާޅުވީ ރައީސް ޔާމީންގެ ފޮޓޯ ވިއްކާލައިގެން ވެރިކަމަށް އައި ޕީއެޗްޑީ ހޯލްޑަރަކަށް ވީއިރު މިހާތަނަށް ޤައުމުގެ ހާލަތު ދެނެގަނެ މި މައްސަލަތައް ހައްލުކުރުމަށް ރައީސް މުއިއްޒުއަކަށް ފިޔަވަޅެއް ނޭޅޭކަމަށެވެ.

ރާއްޖޭގައި މިވަގުތު ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއްކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައި ވީއިރު ސަރުކާރުގެ އަމާޒުގައި މި މައްސަލަ އޮތް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށްވެސް ވައްޑެ ވިދާޅުވެފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved