April 17, 2026
Advertisement
ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި
ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 2, 2024, 10:47 PM
މާލެ ސިޓީ

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

Advertisement

ސަރުކާރުން މި ނިންމުން ނިންމާފައިވަނީ އާދިއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލިސްގައި މަޝްވަރާކުރުމަށްފަހުއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މި ބަދަލުގެ ގެނައުމުގެ މަސައްކަތް މާދަމާ، 1 ޖެނުއަރީ 2024 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި މިއީ ޤާނޫނުގައި އެކަން ބަޔާންވެފައިވާ ގޮތް ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މިމަސައްކަތުގެ ދަށުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުވައްޒަފުންނާއި، މުނިސިޕަލް ބިންތަކާއި، އޮފީހާއި ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކާއި މެޝިނަރީތައް ބަދަލު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 1 އަހަރު ދުވަހުގެ މުއްދަތައް، މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރައާއި އިނާޔަތްތައް މެދުނުކެނޑި ލިބެމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިކަމާއި ގުޅޭ ތަފްސީލުގެ ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށެވެ. ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލާ ހަވާލުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved