March 19, 2026
Advertisement
މި ސަރުކާރުން ގަނެފައިވާ ކުރީގެ އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހުރަސްއަޅަނީ
މި ސަރުކާރުން ގަނެފައިވާ ކުރީގެ އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހުރަސްއަޅަނީ / ތޭރަ އޮންލައިން

މަޖިލީހުގައި މާރާމާރީ ހިންގި މައްސަލަ ފުލުހުން ބަލަން ނިންމައިފި

Aishath Naja
އައިޝަތު ނަޖާ
Feb 1, 2024, 12:21 AM
މާލެ ސިޓީ

ވަޒީރުންނަށް ރުހުން ދިނުމަށް އާދީއްތަ ދުވަހު ދައުރުން ބޭރުން ބޭއްވުނު ޖަލްސާގައި މަޖިލިސް ތަޅުމުގައި ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގި މައްސަލަ ބަލަން ފުލުހުން ނިންމައިފިއެވެ.

Advertisement

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މި މައްސަލަ މަޖިލީހުން ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަ ތަހުޤީގު ކުރަން ފަށާފައިވާ ކަމަށެވެ.

އޭގެއިތުރުން މި މާރާމާރީ ގައި އަނިޔާ ލިބުނު މެންބަރުންނަށްވެސް ފުލުހަށް މައްސަލަ ހުށަހެޅިދާނެ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ފުލުހުން ވިދާޅުވީ އަނިޔާވުމުގެ މައްސަލަތަކުގެ އިތުރުން ބައެއް މެންބަރުންނަށް އެކި ކަހަލަ އިންޒާރުތައް ލިބުމުންދާތީ އެ ބޭފުޅުންގެ ރައްކާތެރިކަމާއި މެދު ކަންބޮޑުވެ ފުލުހަށް ހުށަހެޅި މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި މާރާމާރީ ހިންގި މެންބަރުންގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އަދި މެންބަރު ޝަހީމް ހިމެނެއެވެ.

ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފައެވެ.

އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެއެވެ. މި މާރާމާރީގެ ވީޑީޔޯ މީސްމީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved