March 11, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އިންޑިއާ އާއެކު އެއްބަސްވުންތައް ގާއިމުކުރުމަށް ފަހު ވެރިން ތިބީ ޗުކީ ކިޔައިގެން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 11, 2024, 03:34 AM
މާލެ ސިޓީ

އިންޑިއާ އާއެކު އެއްބަސްވުންތައް ގާއިމުކުރުމަށް ފަހު މިހާރުގެ ވެރިން ތިބީ ޗުކީ ކިޔައިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ގޮތް ނޭނގޭ އެއްބަސްވުންތައް އިންޑިއާއެކު ވެފައިވާ ކަމަށް އަޑުގަދަކޮށް އެ އެގްރިމަންޓުތައް ހާމަކުރުމަށް ގޮވާލި މީހުން މިއަދު ވެރިކަމުގައި ތިބެ އިންޑިއާއާ އެކު، ފާޅުގައި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު އަޅުވެތިކުރުމަށް ފަހު އެގްރިމަންޓުތައް އެކުލަވާލައިފި ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ އުތުރުތިލަފަޅުގެ އެއްބަސްވުންވެސް ކުރިން އޮތް ގޮތަށްވުރެ ވަރުގަދަކޮށް މި ސަރުކާރުން އިންޑިއާއެކު ގާއިމުކޮށްފިކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ސަރުކާރުން ރައްޔިތުންނަށް ހާމަނުކުރާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަދު ހުރިހާ ވެރިން ތިބީ ހަނުކަމަށެވެ.

އިންޑިއާ އާއެކު އެއްބަސްވުންތައް ގާއިމުކުރުމަށް ފަހު ވެރިން ތިބީ ޗުކީ ކިޔައިގެން. އެއްބަސްވުންތައް ފޮރުވައިގެން މި ސަރުކާރުން ވެސް ތިބީ. ކުރިން މިކަމާ އަޑުގަދަ ކުރި މީހުން އެކަމަކު މިތިބީ.

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އިންޑިއާ އައުޓު ގަރާރު ބާތިލްކުރަން ނުކެރުނު ބަޔަކަށް އެގްރިމަންޓުތައް ހާމަކުރަންވެސް ކެރިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved