March 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޔާމީން ސަރުކާރަށް: ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލް ކަށަވަރުކުރުމަށް ކުރެއްވި އެއްވެސް މަސައްކަތެއް ނުފެނޭ

Aminath Zara
އައިމިނަތު ޒާރާ
Oct 11, 2024, 05:09 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް އަދި ގައުމުގެ އިސްތިޤުލާލް ކަށަވަރުކުރުމަށް މި ސަރުކާރުން ކުރއްވި އެއްވެސް މަސައްކަތެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްއިން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަން ހަވާލުވުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ގިނަ ދަތުރު ކުރައްވާއިރު ރާއްޖޭގެ ގެއްލުނު ސަރަހައްދު ހޯދުމަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ.

އެންމެ ކުޑަމިނުން މޮރިޝިއަސްއަށް ތިތަން ދިނުމުގެ ކުރިން ނުވަތަ ތިކަން ކުރުމުގެ ކުރިން ތިމަންމެންގެ ހައްގެކޭ، ކަނޑުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ގެއްލޭނެއޭ. މިކަން ކޮންސިޑަރ ކޮށްދޭށޭ. އެމީހުން އަތުގައޭ ޗާގޯސްވީ. ކަނޑުގެ ސަރަހައްދު ރާއްޖެއަށް ކަށަވަރުކޮށްދީފަ މޮރީޝިއަސްއަށް ތިތަން ދޭށޭ. އެންމެ ކުޑަމިނުން މިވަރު ކޮށްލަންވެސް އެއްވެސް މީހަކަށް އިނގިރޭސިވިލާތަށް ނުދެވުނު.

ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ކަން ކުރުމަށް އިސްނަންގަވާ އެވާހަކަފުޅު ދެއްކެވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް އިބްރާހީމް ކަމަށާއި ނަމަވެސް ފައިސަލް ދައްކަވާ ވާހަކަ ރައީސް މުއިއްޒު އަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އަދި އިނގިރޭސީންނަށް އަމުދުން ފައިސަލް ދައްކަވާ ވާހަކަ ނޭގޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ސަމާސާ ރައްދެއް ވަނީ ފައިސަލަށާއި ސަރުކާރަށް އަމާޒުކުރައްވާފައެވެ.

ގައުމުގެ މިނިވަންކަމާއި އިސްތިޤުލާލް ދެމެހެއްޓުމުގެ ނަމުގައި އިންޑިއާ އަށް މިފަހުން ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ވަނީ 05 އެއްބަސްވުމެއްގައި ސޮއިކޮށް، އިންޑިއާގެ އުޅަނދުތައް ރާއްޖެއަށް ގެނައުމަށް އެއްބަސްވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved