March 19, 2026
Advertisement
ލޯޔަރ އާސިފް
ލޯޔަރ އާސިފް / ތޭރަ އޮންލައިން

އައިއެމްއެފްގެ ޕެކޭޖުގެ ބަދަލުގައި ރައީސް މުއިއްޒު ޚިޔާރުކުރީ އަޅުވެތިކަމުގެ ޕެކޭޖު: އާސިފް

Mariyam Isaadha
މަރިޔަމް އިސާދާ
Oct 11, 2024, 06:28 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެލުވުމަސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އެހީވާން ތައްޔާރަށް އޮއްވާވެސް އެކަން ގަބޫލުނުކުރައްވާ ރައީސް ޑރ މުހައްމަދު މުއިއްްޒު ޚިޔާރު ކުރެއްވީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ނީލަން ކިޔަން ކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

Advertisement

އާސިފް މިފަދައިން ވިދާޅުވެފައިވަނީ، އައިއެމްއެފްގެ ޕްރޮގްރާމުގައި ބައިވެރިނުވުމަށް ނިންމަވާ، ރައީސް މުއިއްޒު އިންޑިއާގެ ފައި ބުޑަށް ވެއްޓި ސަލާން ޖަހައިގެން އެހީގެ ނަމުގައި ފައިސާ ހޯއްދަވާފައިވާ ވުމަށް އިޝާރާތްކުރައްވާ، ޕީއެންއެފް އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އާސިފް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް އައިއެމްއެފުން އޮތީ އެހީވާން ތައްޔާރަށް ކަމަށާ އެކަމުގެ ހުށަހެޅުންތައް ރާއްޖެއަށް އެ އިދާރާއިން ފޮނުވަމުން ގެންދިޔަ ކަމަށެވެ. ނަމަވެސް އެކަން ބޮލާލާ ޖެއްސެވުމަށްފަހު ރައީސް މުއިއްޒު ވަޑައިގެންނެވީ އިންޑިއާއަށް ކަމަށާ ވަޑައިގެންނެވުމަށް ފަހު ރާއްޖޭގެ މިނިވަން ކަމާ އިސްތިގުލާލު ނީލަން ކިޔުމަށް ފަހު ފައިސާއާ ލޯނު ހޯދާ ދިވެހިން ލަދު ގަންނުވާލައިފި ކަމަށް ޗެސް އާސިފް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާއާ އެކު ތަފާތު އެއްބަސްވުންތަކުގައި ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރުން ސޮއިކޮށްފައިވާއިރު ދިވެހި ރައްޔިތުންނަށް އެކަމުގެ އެއްވެސް ތަފްސީލެއް ދީފައިނުވާކަން ފާހަގަކުރައްވާ އާސިފް ވަނީ އެ އެއްބަސްވުމުގެ ތަފްސީލު ހާމަކުރުމަށް ވެސް ގޮވާލާއްވާފައެވެ.

އައިއެމްއެފުން ރާއްޖެއަށް އެހީވާން ތައްޔާރަށް އޮތްއިރު އެ އިދާރާގެ ޝަރުތުތަކުގެ ތެރޭގައި އެސްއޯއީތަކުގެ ޚަރަދު ކުޑަކުރުމާ އަދި ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކުރުން ވެސް ހިމެނުމާއެކު ސަރުކާރުން ބޭނުން ނުވީ އެ ޗެލެންޖު ގަބޫލުކުރަން އޭގެ ބަދަލުގައި ރައީސް މުއިއްޒު ޚިޔާރުކުރީ އަޅުވެތިކަމުގެ ޕެކޭޖު. އޭގެ ސަބަބުން އަޅުގަޑުމެންގެ މިނިވަންކަން ގެއްލިގެން ދިޔައީ ހިތަށްވެސް ނުގެނެވޭނެ ފަދަ ގޮތަކަށް.

އާސިފް

އާސިފް އިތުރަށް ވިދާޅުވީ، މިއަދު ރާއްޖެއަކީ އިންޑިއާގެ ސްޓޭޓެއްކަމަށް ގަބޫލުކުރެވޭ ކަމަށާ ރައީސް މުއިއްޒަކީ އެ ސްޓޭޓުގެ މަންތިރިޖީ ކަމުގައިވެސް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved