March 12, 2026
Advertisement
ތޫފާން މިލްޓަން
ތޫފާން މިލްޓަން / އަލްޖަޒީރާ

ތޫފާން މިލްޓަންގެ ސަބަބުން ފްލޮރިޑާއަށް ބޮޑެތި ގެއްލުންތައްވެ، 10 މީހުން މަރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Oct 12, 2024, 09:08 PM
މާލެ ސިޓީ

ތޫފާން މިލްޓަންގެ ސަބަބުން ފްލޮރިޑާއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

Advertisement

މިގޮތުން، ތޫފާނުގެ ސަބަބުން އިތުރު ކުދި ތޫފާންތައް އުފެދި، ބޯކޮށް ވާރޭވެހި ވައިގަދަވެ، ގެދޮރު ހަލާކުވެ،ފްލޮރިޑާގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާ ކަމަށް ފްލޮރިޑާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ބުނެއެވެ.

ނޭޝަނަލް ހަރިކޭން ސެންޓަރު (އެންއެޗްސީ) އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އެ ސްޓޭޓްގެ ހުޅަނގު އައްސޭރިފަށަށް އެރި ތޫފާން ކެޓަގަރީ އެކެއްގެ ތޫފާނަކަށް ބަލިކަށިވެފައިވާ ކަމަށާއި ނަމަވެސް އަދިވެސް ފްލޮރިޑާގެ އެކި ހިސާބުތަކަށް 150 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުން އަންނަ ކަމަށެވެ.

އެންއެޗްސީން ބުނީ ތޫފާން މަޑުވި ނަމަވެސް، ތޫފާނުގެ ބާރު ދެމެހެއްޓިފައި ވަނީ ހުޅަނގުން އިރުމައްޗަށް މުޅި ފްލޮރިޑާ ޕެނިންސިއުލާ ހުރަސްކޮށް، ބުރާސްފަތި ދުވަހުގެ ހެނދުނު ކެނެޑީ ސްޕޭސް ސެންޓަރުގެ ގެ ކޭޕް ކެނަވެރަލް ކައިރިން އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް ނުކުތުމުން ކަމަށެވެ.

ޓެމްޕާ ބޭ ޕެނިންސިއުލާގައި އޮންނަ ސެއިންޓް ޕީޓާސްބާގް ސިޓީގައި ގިނަ ކްރޭންތަކެއް ވެއްޓިފައިވާ ކަމަށާއި ފްލޮރިޑާގެ އެންމެ ބޮޑު ނޫހެއް ކަމަށްވާ ޓަމްޕާ ބޭ ޓައިމްސްގެ އޮފީސްތައް ހުންނަ އޮފީސް އިމާރާތަކަށްވެސް ކްރޭންއެއް ވެއްޓި، އެ އިމާރާތަށް ބޮދެތި ގެއްލުންވެފައިވާ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved