March 21, 2026
Advertisement
އަދުރ
އަދުރ / މަޖިލިސް

އަދުރޭ ޖެނީވާއަށް ވަޑައިގަންނަވާތީ ގިނަ ބަޔަކު ފާޑުކިޔަނީ

Aishath Naja
އައިޝަތު ނަޖާ
Oct 13, 2024, 01:42 PM
މާލެ ސިޓީ

އެއްވެސް ތައުލީމެއް ނެތް، މަޖިލިސް ރައީސް އަދުރޭ އިންޓަ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުން ގިނަ ބަޔަކު ފާޑުކިޔަންފަށައިފިއެވެ.

Advertisement

ސްވިޒަލެންޑުގެ ޖެނީވާގައި މި މަހުގެ 13-17 އަށް ބާއްވާ އައިޕީޔޫގެ 149 ވަނަ އެސެލްބްލީގައި އަދުރޭގެ އިތުރުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފުވައްމުލަކު މެދު ދާއިރާ އަލީ ފަޒާދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވެސް ބައިވެރިވެވަޑައިގެންނަވައެވެ.

އެހެންނަމަވެސް ފާޑުކިޔުން އަމާޒުވެފައި ވަނީ އަދުރޭއަށެވެ. އެއްވެސް ތައުލީމެއް ނެތް ބޭފުޅަކު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުރެ ބޭރުގެ ގައުމަކަށް ވަޑައިގެން ރާއްޖެ ތަމްސީލު ކުރާނެތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

އެގޮތުން އެންމެ ފަހުން ވެސް އަދުރޭ ބޭރުގެ ގައުމަކަށް ވަޑައިގެން ބައިވެރިވި އެސެމްބަލީއެއްގައި ވަނީ ދިވެހިން ލިޔެގެން ވާހަކަދައްކަވާފައެވެ. އެދުވަސްވަރުގައި ވެސް އާންމުން ވަނީ ވަރަށް ބައިވަރު ވާހަކަތަކެއް މީސްމީޑިޔާގައި ދައްކާފައެވެ.

އެގޮތުން ފަތުރުވެރިކަމާ ބެހޭ ވުޒާރާގައި އަދުރޭގެ ދަރިފުޅު ފައިސަލް ވަޒީރަކަށް ހުންނަވާ ބޭރުގެ ގައުމުތަކަށް ވަޑައިގެން ރާއްޖޭގެ ރައްޔިތުން ލަދުގަންނަވާފައިވާއިރު ބައްޕާފުޅުގެ ހާލަތަކީވެސް ހަމަ އެފަދަކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

އައިޕީޔޫ އެސެމްބްލީގެ މި ފަހަރުގެ މައުލޫއަކީ ސުލުހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި)ގެ ބޭނުން ހިފުމެވެ.

މިފަދަ މައުލޫއުއަކަށް އަދުރޭ އަމިއްލަފުޅަށް ވާހަކަދައްކަން އެނގިވަޑައިނުގަންނަވާނެކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved