ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އަންނަން ދެއްކި ހުރިހާ ވާހަކައެއް ބަދަލު ކޮށްފި ކަމަށާއި ވައުދު ނާމާ ގެއްލިއްޖެ ކަމަށް ކުރިގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހިދު ވިދާޅުވެއްޖެއެވެ.
ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހުސެއިްނ ވިދާޅުވީ، ގައުމީ ސަލާމަތާއި އަމިއްލަވަންތަކަމަށް އަސަރު ކުރާނެ ކަމެއް ނުހިނގާނެކަމަށް ސަރުކާރުގެ ވެރިން ވިދާޅުވިނަމަވެސް އުނގަންނައިދިން އަދި ކިޔަވާދިން ފިލާވަޅުތަކަށް ބަލާނަމަ މިހާރަށް ވުރެ އިތުރަށް ރައީސުލް ޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރާއި ގާތްގުޅުންތައް ދަމަހައްޓާ މީހުންނަށްވެސް ގައުމަކީ ކޮބާކަމާއި ގައުމެއްގެ އަސާސީސިފަތަކާއި ގައުމީސަލާމަތާއި ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ކަންކަން އެންމެ ރަގަޅަށް ނޭގޭކަން ފާހަގަވާކަމަށް ހުސައިން ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މިދިޔަ 5 އަހަރު ދެއްކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމުގެ ވާހަކަކަމަށާ އިރު އަރާ އޮއްސުނު ތަނުން ވާހަކަ ބަދަލުވީ މި މައުލޫގެ ރަނގަޅު މައުލޫމަތު ނެތީމާ ކަމަށް ގަބޫލު ކުރަންތޯ އައްސަވާ ހުސައިން ވަނީ ސުވާލެއް ވެސް އަމާޒުކުރައްވާފައެވެ.
އަޅުގަޑު މިއަދު ގަބޫލުކުރަން ބޭނުންވަނީ މި ބޭފުޅާ މިހުރީ ހުރިހާ ދިމާލަކުން ފެއިލްވެފައި ކަމަށް. ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ނުކުރައްވާނެ ކަމަށް ރައީސް މުއއިްޒު ވިދާޅުވި ކަމަށް ވަޒީރުން އެބަ ވިދާޅުވޭ. މިހާ ހިސާބުން ހިތަށް އަންނަނީ ވެރިކަމަށް އައުމުގެ ކުރިން ވިދާޅުވި ބޭރުގެ އަސްކަރިއްޔާ ބާލާނަމޭ. އިންޑިއާ އެކު ވެފައި ހުރި އެއްބަސްވުންތައް ދައްކާނަމޭ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ބައި ހޯދާނަމޭ. ބޮޑުވެފައި ހުރި ކަރަންތު ބިލާ ފެން ބިލާ ކުޑަ ކުރާނަމޭ. މީހުންގެ އަތް ފޯރާ ފަށަށް ތިރިކުރާނަމޭ. ރައީސް ޔާމީންއާ މެދު އިންސާފުވެރިވާނަމޭ. މި ދެއްކި ހުރިހާ ވާހަކައިގެ އަސްލާ ހަމައަށް ދާއިރު ފެއިލްއޭ
ހުސެއިން ވަނީ ރައީސް މުއިއްޒު މި ކުރައްވަނީ ރައްޔިތުން އޭނާއާއި ހަވާލު ކުރި ޒިންމާތޯ ނުވަތަ އުޅުއްވަނީ ރައްޔިތުން ދޫކޮށް އަމިއްލަ އެދުމެއް ހާސިލުކޮށް ކޮންމެހެން ހަދައިގެންވެސް ވެރިކަން ދެމެހެއްޓޭނެ ގޮތެއް ހޯދަންތޯ ސުވާލު އުފައްދަވާފައެވެ.