April 3, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު / ސަން އޮންލައިން

ރައީސް މުއިއްޒުގެ އިގްތިޞާދީ ސިޔާސަތު އަދިވެސް ރައްޔިތުންނަކަށް ސާފެއް ނުވޭ: މަލީހް

Aishath Naja
އައިޝަތު ނަޖާ
Oct 14, 2024, 06:21 PM
މާލެ ސިޓީ

ސަރުކާރަށް އަހަރެއްވާން ކައިރިވެފައިވާއިރު އަދިވެސް ރައީސް ޑޜ މުހައްމަދު މުއިއްޒުގެ އިގްތިޞާދީ ސިޔާސަތު ރައްޔިތުންނަށް ސާފުނުވާކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު މި ސަރުކާރުން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ތަކެތީގެ އަގު ކުޑަކުރުން ހިމެނެއެވެ. އެ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން މަލީހް ޕޯސްޓްގައި ވިދާޅުވީ މި ސަރުކާރު އައިފަހުން އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ކުރެވުނު ކަމެއް ނެތްކަމަށެވެ.

ވެރިކަމަށް އައިފަހުން "ޕޭޕަލް" ތައާރަފްކުރައްވާނެ ކަމުގެ ވާހަކަތަކެއް އިކޮނޮމިކް މިނިސްޓާރ މުހައްމަދު ސައީދު އަދި ރައީސް މުއިއްޒު ވެސް ދެއްކެވި ނަމަވެސް ވެރިކަމަށް އަހަރެއްވާން ކައިރިވިއިރު އެކަން ކޮށްފައިނުވާތީ މަލީހް ވަނީ ޕޯސްޓްގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައްޔިތުންނަށް ވައުދުވި އެއްވެސް ކަމެއް ސަރުކާރުން ކޮށްފައިނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ދެވަަނަ ދައުރެއް ދޭން ނުޖެހޭކަމަށް ވެސް ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved